އޭަދަފުށީ ކޯޓަށް މެޖިސްޓްރޭޓަރެއް ހޯދަނީ

l_2019_06_20_105524_b5yweixhztvm91r2fulc847qopgjankds63_EN_.jpg

އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަރެއް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.

އޭދަފުށީ ކޯޓުގެ އިތުރުންވެސް ހަތް ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓަރުން ހޯދަން ވަނީ އިއުލާނު ކޮށްފައެވެ. 

ޖޭއެސްސީ ގެ އިއުލާނުގައި ބުނަނީ އުމުރުން 25 އަހަރު ފުރިފައިވާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް އެ މަގާމަށް ކުރިމަތިލެވިދާނެ ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 18،850 ރުފިޔާ ލިބޭއިރު އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާއެވެ. މީގެއިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ލިބެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބޭއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން އިންޝުއަރެން ވެސް ލިބޭނެއެވެ.

ޖޭއެސްސީ އިން ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މި ކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުއްވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top