ކެމްޕޭނަށް ފައިސަލް ބ.އަތޮޅުގައި

Dl0oAqTUYAA_4CP-755x435.jpg

ފައިސަލް ފުޅަދޫ ގައި - ފޮޓޯ :އެމްޑީޕީ

އަންނަމަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އިއްތިހާދުގެ ރަނިންގމޭޓް ފައިސަލް ނަސީމް މިއަދު ބ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، އާއި ހިތާދޫ އަށް ނިސްބަތްވާ ގާނޫނީ ވަކީލް ހިސާން ހުސެއިން ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ފައިސަލްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ފުޅަދޫ އަށެވެ. ފުޅަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އިއްތިހާދުގެ ސަރުކާރުގައި ފުޅަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާ ރަށުގައި ތިބެގެން ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު ވެރިކަމެއްގައި ގާނޫނުގެ އިމުން ބޭރުގައި އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށާ އިދިކޮޅު ވެރިކަމެއްގައި މުޅި ވިސްނުން އޮންނާނީ ގައުމާއި ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވިއެވެ. 
 
ފުޅަދޫއަށް ފަހު ފައިސަލް ވަޑައިގަންނަވާނީ ގޮއިދޫ އާއި ފެހެންދޫ އަށެވެ. އެއަށްފަހު މެންދުރު ހިތާދޫ އަށެވެ.
 
އިދިކޮޅު އިއްތިހާދުން މައުލޫމާތު ދޭ ގޮތުގައި ފައިސަލްގެ ދަތުރުގައި ދަރަވަންދޫގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.

އިންތިޚާބަށް ފައިސަލް ބ.އަތޮޅުގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) މިއަދު ގެ ވަގުތެއްގައި ގއ.ކޮލަމާފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top