މައިކޮލެޖްގެ ފަރާތުން އޭދަފުށީގައި އަނެއްކާވެސް އިތުރު ކޯސްތަކެއް

mi-college-eyd.jpg

މައިކޮލެޖްގެ-އޭދަފުށި ބްރާންޗްގައި ހިނދަމުން އަންނަ ކްލާހެއްގައި ޑރ. އާމާލް ކިޔަވައިދެއްވަނީ .ފޮޓޯ : އީޓީ

މިއަހަރު ޖެނުއަރީގައި އޭދަފުށީގައި ހުޅުވި މައިކޮލެޖްގެ ފަރާތުން އަންނަ މަހު އިތުރުކޯސް ތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އެކޮލެޖުން ބުނެފިއެވެ.

އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި 11 ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓްލެވެލް އާއި ޑިގްރީ ލެވެލް އަށް ކިޔަވައިދޭ ކޯސް ތަކެކެވެ. އެއީ ބިޒްނަސް މެނޭޖްމަންޓާއި ޕްރައިމަރީ ޓީޗިން އާއި ހިއުމަން ރިސޯސަސް އެކައުންޓިންގެ ދާއިރާގެ ކޯސްތަކެވެ. މީގެ އިތުރުން އާރލީ ޗައިލްޑް ހުޑް އަދި އޮފީސް މެނޭޖްމަންޓް ދާއިރާގެ ކޯސްތައްވެސް ހިމެނެއެވެ.

މީގެ އިތުރުން އިންގްލިޝް މީޑިއަމަށް ކިޔަވައިދޭ ޑިގްރީ ފެންވަރުގެ ޕްރައިމަރީ ޓީޗިންގްކޯހެއް ފެށުމަށްވެސް ތައްޔާރުވަމުން ދާކަމުގައި އެކޮލެޖުން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް9692244 އާ ގުޅުމަށް މައިކޮލެޖުން އެދެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top