ކުޑަރިކިލު، ދޮންފަނު، ކިހާދޫގެ ބަނދަރު ހަދަން ހަވާލުކުރުމުން ޑރ.މުޢިއްޒުގެ ޝުކުރު ރައީސް ޔާމީނަށް

big_mKOA3T1rmuPbNiDPZNn6ojCxD-1-850x548.jpg

ބ.ކުޑަރިކިލާއި ދޮންފަނާއި، ކިހާދޫގެ ލަފާ ފުރުމުގެ ޒަމާންވީ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް އިއްޔެ މި ސަރުކާރުން ކޮންޓްރެކްޓަރާއި ހަވާލު ކުރުމުން، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު, ރައީސް ޢަބްދުﷲ ޔާމީނަށް ޝުކުރު ދަންނަވައިފިއެވެ.

މި ތިން ރަށުގެ ލަފާފުރުމުގެ މަސައްކަތް އިއްޔެ އެމްޓީ ހޯގާޑް ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 108.3 މިލިޔަން ރުފިޔާ އަށް 381 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ 77 އިންސައްތަ ހަމަޖެހިފައިވަނީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ހޯގާޑް ޕްރައިވެޓް ލިމިޓެޑެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މި ތިން މަޝްރޫޢު ކުރިއަށް ގެންދެވުމަށް ނިންމަވައި ތިން މަޝްރޫޢު އޮފިޑް ލޯނުން ޚަރަދު ކުރެއްވުމަށް 2018 ވަނަ އަހަރުގެ ޖުލައި މަހު ކަނޑައަޅުއްވާ އޮފިޑަށް ފޮނުއްވީތީ ރައީސް ޔާމީނަށް ޝުކުރު ދަންނަވާ ކަމަށެވެ.

” މިކަމުގެ ސަބަބުން މި މަޝްރޫއު ޙަޤީޤަތަކަށް ވުމުގެ ތަހުނިޔާ މި ތިން ރަށުގެ ރައްޔިތުންނަށް އަރިސްކުރަން” މުޢިއްޒު ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top