މިއަދަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިން ދުވަސް

banner_labor_day.gif

މިއަދަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިހަމަޖައްސައި ފާހަގަކުރަން ފެށީ 2011 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަދުވަހު އެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށިފައިވަނީ، ވަޒިފާ އަދާކުރާ މަސައްކަތްރެރިންގެ ޙިދުމަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އައްގުތައް ހޯދުމަށް ވަކާލާތުކުރާ ދުވަހެއްގެ ގޮތުގައެވެ.
މިދުވަސް ގިނަ ގައުމުތަކުގައި މިއަދު ފާހަގަކުރިކަމުގައިވިއަސް ބައެއް ގައުމުތަކުގައި މިދުވަސް ފާހަގަކުރަނީ ތަފާތު ތާރީޚުތަކުގައެވެ.

ރާއްޖޭގައިވެސް ފަހަކަށް އައިސް ވަޒީފާ އަދާކުރާ މީހުން އަންނަނީ އެމީހުގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަކާލާތުކުރަމުންނެވެ. މި ގޮތުން ފާހަގަކުރެވޭ އެއް ކަމަކީ ބައެއް ކަހަލަ ވަޒީފާތަކުގައި ބިދޭސީންނާއި ދިވެހިންނާ ދެމެދު ތަފާތުކުރުން ގެންގުޅުމެވެ. ބިދޭސީންނަށްރަނގަޅު މުސާރަ ލިބޭ އިރު ދިވެހީންނަށް ދަށް މުސާރަ ލިބޭ ކަމުގެ ޝަކުވާތައްމިހާރު ވެސް ގިނަ އެވެ. ހާއްސަކޮށް ޓޫރިޒަމްގެ ދާއިރާގައި މި ޝަކުވާބޮޑެވެ. އޭގެ އިތުރުން ސާވިސް ޗާޖްގެ މައްސަލަ ވެސް ފާހަގަކުރެވެނީ ބޮޑުޝަކުވާއެއްގެ ގޮތުގަ އެވެ. އެކަށީގެންވާ ވަރަށް ވުރެ ގިނަ ވަގުތުމަސައްކަތްކުރަން ޖެހުމުގެ ޝަކުވާ ވެސް މަދެއް ނޫނެވެ.

ދުނިޔޭގައި މަސައްކަތްތެރިންގެ ދުވަހުގެގޮތުގައި ފާހަގަކުރާ މޭ1 މިހާރު މިވަނީ ރާއްޖޭގައި ވެސް ރަސްމީ ބަންދުދުވަހެއް ކަމަށް ސަރުކާރުން އިއުލާންކޮށްފަ އެވެ.
ރާއްޖޭގައި މިއަދު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު މިއަދަކީ ސިވިލް ސަރވިސް ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސްވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top