ފޮޓޯއިން ޚަބަރު: ރަން ތައްޓާއެކު އޭދަފުށި ޓީމް ރަށަށް އައުމުން ހޫނު މަރުހަބާ އެއް

DSCN3825-scaled.jpg

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދުމަށް ފަހު ޓީމް ގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ހަވީރު އޭދަފުއްޓަށް އަތުވެއްޖެ އެވެ.

ޓީމް ރަށަށް އައުމުން އޭދަފުށިން ވަނީ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ފުޓުބޯޅައިގެ އުފާވެރި އީދެއް އައި ކަހަލަ އެވެ. މުޅި އަތިރި މަތި ގުގުމާލާފައި އޮތީ މަރުހަބާގެ ލަވަތަކުންނާއި ތަރުހީބުގެ އަޑުތަކުންނެވެ. ޓީމަށް ތަހުނިޔާ ކިއުމަށް އެއްވެފައިވާ މީހުންނާއެކު މުޅި އަތިރިމަތި އެއްކޮށް އޮތީ ފުރާލާފަ އެވެ.

ޓީމަށް މަރުހަބާކިއުމަށް ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ އޭދަފުއްޓަށް ވަޑައިގެންފަ.

ޓީމަށް މަރުހަބާ ކިއުމަށް އޭދަފުށީގެ ޒުވާން އަންހެނުންކޮޅެއް ކުރުފަލީގެ ހަރަކާތެއް ދައްކާލަނި

މަރުހަބާ ކިއުމަށް އެއްވެފައިވާ މީހުންތަކުގެ ތެރެއިން

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top