ބަހުސަށް ދަނިކޮށް ޒައީމް ގަޔަށް ކަޅުތެޔޮ ޖަހައިފި

387386_3_a1f5b8c0a4302771b2688c76f4290c105572218e_large.jpeg

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމުން ބާއްވާ ބަހުސަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ފަރެސްމާތޮޑާ އަހުމަދު ޒައީމް ވަޑައިގަންނަވަނިކޮށް، ގަޔަށް ކަޅު ތެޔޮ ޖައިފިއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަޖިލިސް ބަހުސަށް ދިޔަ މަގުމަތީގައި ޒައީމް ގަޔަށް ކަޅު ތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

އިއްޔެ ސޯޝަލް މީޑީއާގައި ވެސް އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި ޒައީމްގެ އަތާއި ގަމީހަށް ވަރަށް ބޮޑަށް ކަޅު ތެޔޮ ޖަހާފައި ހުއްޓާ ފެނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަވެސް، މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top