އަސިން ކައިވެނިކޮށްފި

Asin-featured-atulkasbekar.jpg

ހިންދީފިލްމް ގަޖިނީ އިން ތައާރަފްވި ރީތި ބަތަލާ އަސިން އޭނާގެ މަލްޓިމިލިޔަނަރ ލޯބިވެރިޔާ އަދި މައިކްރޯ މެކްސް ކޮމްޕެނީގެ ފައުންޑަރ ރާހުލްޝާރްމާއާއި މިއަދު ކައިވެނިކޮށްފިއެވެ.

މިއަދު ހެނދުނު ކްރިސްޓިއަން ފައްޅިއެއްގައި މިކައިވެނިީގެ ރަސްމިއްޔާތު ބާއްވާފައިވާއިރު ހަވީރު އިންޑިއާގެ އާދަކާދައާ އެއްގޮޮތަށް އިންޑިއާގެ ޑުސިޓް ދޭވްރާނާ ރިސޯޓްގައިވެސް ކައިވެނިީގެ ރަސްމިއްޔާތު އޮންނާނެ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ރަސްމިއްޔާތުގައި “މެޗް މޭކަރ” އެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އަކްޝޭ ކުމާރެވެ. އަކްޝޭއަކީ މިކައިވެނީގެ ފުރަތަމަ ދައުވަތު ކާޑު ފޮނުވާފައިވާ އެދެމަފިރިންގެ ބެސްޓްމޭންގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތެވެ.

ކައިވެނީގެ ރަސްމިއަޔާތު ދިއްލީގައިއޮތްކަމުގައިވިޔަސް ޝާހިދުކަޕޫރުމެންގެ ކައިވެންޏެކޭ އެއްފަދައިން ކައިވެނީގެ ރިސެޕްޝަން އޮންނާނީ އަންނަ 23ވަނަދުވަހު މުމްބާއީގައެވެ. މި ރިސެޕްޝަންގައި ދެފަރާތުގެ އާއިލާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ތަކެއް ބައިވެރިވާނެކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top