ސުޕާރީ އިޝްތިހާރުނުކުރުމަށް ޝާހްރުކްޚާނަށާއި އެހެންސުޕަރސްޓާރުންނަށް އިންޑިއާސަރުކާރުން އިލްތިމާސްކޮށްފި

shah-rukh-khan_640x480_71450352382.jpg

ސުޕާރީ އިޝްތިހާރު ނުކުރުމަށް އެދި ދިއްލީ ސަރުކާރުން ބޮލީވުޑްގެ ސުޕަރސްޓާރުންނަށް ސިޓީއެއް ފޮނުވައިފިއެވެ. ޝާހްރުކްޚާންގެ އިތުރުން އަޖޭދޭވްގަން، ސައިފްއަލީޚާން ، ގޯވިންދާ އަދި އަރްބާޒްޚާންގެ އިތުރުން ސަނީ ލިއޯނަށް މިކަމަށް އެދިސިޓީ ފޮނުވާފައިވާކަމަށް އިންޑިއާ ޓައިމްސް ބުނެއެވެ

އެސިޓީގައި ، ސުޕާރީއަކީ ކެންސަރަށް މަގު ފަހިކޮށްދޭ އެއްޗަކަށްވުމާއެކު އެއީ މުޅި އިންސާނިއްޔަތަށް ގެއްލުން ހުރިކަމަކަށްވާތީވެ ސުޕާރީގެ ގޮތުގައި ބޭނުންކުރާ އެއްވެސް ވައްތަރެއް އިޝްތިހާރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ ބަދަލުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާބެހޭ ކެމްޕޭނެއް ފަށައިގެން ކުރިއަށް ގެންދިއުމަށާއި އެގޮތުން ދުންފަތުގެ އިސްތިއުމާލުކޮށްގެންން މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމަށް އެހީވެދިނުމަށް އެދިފައިވެއެވެ.

” ތިޔަބޭފުޅުންނަކީ އާއްމުކޮށް ޓީވީގެ ސްކްރީންތަކުންނާއި މީޑިއާގެ އެހެން ވަސީލަތްތަކުގައިވެސް ސުޕާރީ އިޝްތިހާރުކުރާ ބޭފުޅުން. ތިޔަބޭފުޅުން ކުރާނީ މުޅިންވެސް ރަނގަޅުކަންތައްކަމުގައި ދެކޭ މީހުން މަދެއްނުވާނެ. އަދި ތިޔަބޭފުޅުން ކުރާ ކޮންމެކަމަކީ ފެޝަނެއްކަމަށް ދެކޭ ޒުވާނުންވެސް ގިނަވާނެ. ސުޕާރީއަކީ ކެންސަރުޖެހުމަށް މަގު ފަހިކޮށްދޭ އެއްޗެއްކަން ސައިޓިފިކް ހެކިތަކުން އެނގޭއިރު އެ ފަދަ އިޝްތިހާރުތަކުން ތިޔަބޭފުޅުން ދައްކަން ބޭނުންވާ ހަގީގަތާޚިލާފު މަންޒަރުގެ ސަބަބުން މުޖްތަމައަށް އަންނާނޭ ނުބައި ބަދަލު އެއީ ވިސްނަން ޖެހޭނެކަމެއް. ” ދިއްލީސަރުކާރުގެ އެޑިޝަނަލް ޑިރެެކްޓަރ ހެލްތް ޑރ. އެސްކޭ އަރޯރާގެ ސީޓީގައި ލިޔެފައިވެއެވެ.

” ތިޔަ ބޭފުޅުންނަކީ ޒުވާނުންނަށް މަގުދައްކައިދޭ ރޯޑް މޮޑެލުން. ޒުވާން ކޮންމެ ކުއްޖެއްގެ ލައިފްސްޓައިލާ ދިރިއުޅުމުގެ އެހެނިހެން އާދަތައްވެސް ގެންގުޅޭހިތްވާނީ ސުޕަރސްޓާރުންނާ އެއްގޮތަށް . ސުޕަރސްޓާރުން އުޅޭ ގޮތަށް އުޅޭހިތްވާ އެެތައް މިލިއަން ޒުވާނުންމި ކަހަލަ އިޝްތިހާރު ބަލައިގެން އެގޮތް ކޮޕީކޮށްގެން އުޅޭނެކަމަށް ވިސްނެވުން އެދެން. ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނަކީ ސީދާ ފިލްމްސްޓާރުން އުޅޭ ގޮތަށް އުޅޭ ހިތްވާ ބަޔަކަށް ވާއިރު މިކަމުން މުޅި އިންސާނިއްޔަތަށް ލިބިދާނެ ގެއްލުމަށް ވެސް ބަލަން ޖެހޭނެ.”

އެސިޓީ ނިންމާލަމުން ބުނެފައިވެއެވެ.” ވަރަށް އިޚްލާސްތެރިކަމާއެކު މިއެދެނީ ސުޕާރީއާއި އަދި މިކަމާގުޅުން ހުރި އެހެނިހެން އިވެންޓްތައް އިޝްތިހާރު ނުކުރުމަށެވެ. އެހެންކަމަށްވާނަމަ ތިޔަބޭފުޅުން ކޮޕީކޮށްގެން ދިރިއުޅުން ބައްޓަންކޮށްގެންއުޅޭ އެތައް ބައެއްގެ ސިއްހީ ދުޅަ ހެޔޮކަމަށާއި މިކަހަލަ އަމަލުތަކަށް އަރައިގަންނަން ތައްޔާރުވެފައިތިބި މިލިއަން ކުޑަކުދިންނާއި އަންހެނުންވެެސް މި ނުރައްކާތެރިކަންތަކުން ސަލާމަތް ކުރެވުނީއެވެ. އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީ އެވެ.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top