ޑޭޓާ ޕެކެޖް ނެތަސް މިހާރު ވައިބާ ބޭނުންކުރެވޭނެ

medium_89625.png

ޑޭޓާ ޕެކެޖާނުލައި އަގުހެޔޮކޮށް ވައިބަރ ބޭނުންކުރެވޭ ޕެކެޖްތަކެއް ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ، އުރީދޫން ތައާރަފްކޮށްފިއެވެ.

އެންމެފުރިހަމަ ނެޓްވޯކްގައި މި ޚިދުމަތް ބޭނުންކޮށްގެން ހެޔޮއަގުގައި ވާހަކަދެއްކުމާއި ސްޓިކާއާއި ފޮޓޯ ފަދަތަކެތިވެސް މި ޕެކެޖް މެދުވެރިކޮށް ފޮނުވޭނެކަމުގައި އުރީދޫން ބުނެއެވެ.

މިވައިބާ ޕެކެޖްތަކުގެ ތެރޭގައި ހިމެނެނީ އެއްދުވަހަށް ބޭނުންކުރެވޭ “ވައިބާ 5 “އަދި ފަސްދުވަހަށް ބޭނުންކުރެވޭ “ވައިބާ 11 “އެވެ.

ވައިބާ 5 ޕެކޭޖަށް އުރީދޫން ޗާޖްކުރަނީ 5 ރ. ކަމަށް ވާއިރު އެދުވަހު 30އެމްބީގެ އެލަވަންސެއް ލިބެއެވެ. އަދި ވައިބާ 11 ޕެކޭޖް އެގާރަ ރުފިޔާއަށް ނަންގަވައިގެން 80އެމްބީގެ އެލަވަންސް ލިބެއެވެ.

އުރީދޫގެ ކަސްޓަމަރުން ވައިބަރ ޗެޓްގެ ޙިދުމަތް ޙިޔާރުކުރެއްވުމަށް، “5” ނުވަތަ “11” ޖައްސަވާ، 5555 އަށް މެސްޖް ކުރެއްވުމުން، ވަރަށް ފަސޭހަކަމާއި އެކު ބޭނުންފުޅުވާ ވައިބަރ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

ޕެކް އެކްޓިވޭޓް ކުރެއްވުމަށް ފަހު، #18*200* ޖައްސަވައިގެން، ވައިބަރ ޕެކްގައި ހިމެނޭ ޑޭޓަރ އެލަވަންސްގެ ބާކީ ބަލާލެވޭނެ ކަމަށާއި ވައިބަރ ޗެޓް ޕެކް އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، #929* އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top