މަހަކު ތިން ފޮތް ދަސްކުރާ ދަރިވަރުންނަށް ޕޮކެޓް މަނީ

341715_a9dab671-2_-2048x1365-1.jpg

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މަހަކު ތިން ފޮތަށް ވުރެ ގިނައިން ކީރިތި ގުރުއާން ހިތުދަސް ކުރާ ދަރިވަރުންނަަށް ޕޮކެޓު މަނީއެއް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި ގޮތަށް ފައިސާ ދޭން ނިންމާފައިވަނީ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ގުރުއާން ހިފްޒު ކުރަމުން އަންނަ ދަރިވަރުންނަށެވެ.

36 ވަނަ ގައުމީ ގުރުއާން މުބާރާތް އިފުތިތާހު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތުދަސް ކުރުމަކީ ވަރަށް މާތްކަމެއް ކަމަށާއި އެ ބުރަ މަސައްކަތް ކުރާ ދަރިވަރުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

”އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓު މަނީއެއް އަޅުގަނޑުމެން ފޯރުކޮށް ދޭނަން.“ ޝަހީމު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، ޤުރުއާން ހިފްޒުކުރުމުގެ މަޝްރޫއުތައް ކުރިއަށް ވުރެ ވަރުގަދަކޮށް ހިންގަވާނެކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top