މިއުޅެނީ އިގްތިސޯދު ގޯސްވެގެނެއް ނޫން. ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން: ސަލީމް

large_170788322114eDUB.jpg

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް: -- ފޮޓޯ/ މަޖިލިސް

މިއުޅެީ އިގްތިސޯދު ގޯސް ވެގެން ނޫން ކަމަށާއި މިއުޅެނީ މިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސަރުކާރުގެ ފިނޭންސް މިނިސްޓަރު، އަހުމަދު އަމީރު ދެއްކެވި ވާހަކަތަކާއި ގުޅިގެން “އެކްސް”ގައި ޕޯސްޓެއްގައި ސަލީމް ވިދާޅުވީ، ސަރުކާރުން އިގްތިސޯދު ގޯސްވެގެން ނޫޅޭ ކަމަށާއި އުޅެނީ ނިމިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން ކަމަށެވެ. އަދި މިކަމުގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ކުރީ ސަރުކާރުން ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރިކަމަށާއި، ފަސް އަހަރު ވަންދެން ފައިސާ ޗާޕުކުރީ، އިގްތިސާދު މެނޭޖް ކުރާގޮތްތޯ އައްސަވައި ސުވާލު ކުރައްްވާފައެވެ.

އިއްޔެގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ގިނަ ބަޔަކަށް އޮޅިފައިވީ ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ފޯކާސްޓު ތަކުން ދައްކާ ކަމަށެވެ.

”ސަރުކާރުގެ މިސްޓޭކްތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މިދަނީ،“ އަމީރު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top