އާސަންދަ އާއި ސަބްސިޑީ ދޭންވީ އޭގެ ހައްގުވެރިންނަށް: ޝުޖާއު

ލކލކ-1.jpg

ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާއު

ރާއްޖޭގެ ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައާއި މިހާރު ދެމުންގެންދާ އެކި ސަބްސިޑީތައް ދޭންޖެހޭނީ އޭގެ ހައްގުވެރިންނަށް އެކަނި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފި އެވެ.

ޕީއެންސީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ އަޅުގަނޑުމެންނަކީ ވަރަށް ބޮޑަށް ބޭކާރު ހަރަދުކުރަމުންދާ ބައެއް ކަމަށެވެ.

އެގޮތުން އާސަންދަ ސްކީމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ މިހާތަނަށް އައި އެންމެ ބޮޑު އެއް ޝަކުވާއަކީ އާސަންދަ ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިއުން ކަމަށެވެ. އަދި އެކަން ފެށުނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި އާސަންދަ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުގެ ހޮސްޕީޓަލުތަކާ ބޮޑެތި ޑީލުތައް ހަދައި އެއް ހޮސްޕިޓަލަކުން ކުރެވޭ އޮޕަރޭޝަން އޭގެ އަގު އެތައް ތަނެއް ބޮޑުކޮށް އަނެއް ހޮސްޕިޓަލަކުން ކޮށްފައިވާ ކަމަށް ޝުޖާ ވިދާޅުވި އެވެ.

ޝުޖާ ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އެ ސްކީމް ކުރިއަށް ގެންދިއުމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ނިމިގެން ދިޔަ ސަރުކާރުގައި ވެސް އޮތީ ލަފާ ދީފަ އެވެ.

ސަބްސިޑީ ހައްގު ވެރިންނަށް އެކަނި ދިނުމަށް މެންބަރު ވަކާލާތު ކުރެއްވި އިރު މިސަރުކާރުގެ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ސީދާ ގޮތުން އެންމެ ބޮޑު ސަބްސިޑީއެއް ދީފައިވަނީ މަސްވެރިންނަށެވެ. އެގޮތުން މަސްވެރިންނަށް 11 މިލިއަން ރުފިޔާގެ ސަބްސިޑީ ދީފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top