ރާއްޖެއަށް ބިންހެލުމެއްގެ އަސަރު ކޮށްފި

large_159971725929gCts.jpg

އިންޑޮނޭޝިއާގެ ސަރަހައްދަށް އައި ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް ވެސް ކޮށްފިއެވެ.

އިންޑޮނޭޝިއާގެ ވެސްޓް ސުމަޓްރާ ސަރަހައްދަށް މިއަދު ހެނދުނު 5.9 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރި ކަމަށެވެ. އެގޮތުން މެޓުން ހަރުކޮށްފައިވާ ސެންސަރުތަކަށް ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިކަން ފާހަގަ ކުރެވުނު ކަމަށް މެޓުން ބުންޏެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ވެސް ބުނީ މިއަދު އައި ބިންހެލުމާއެކު ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

ބިންހެލުމާއެކު މާލޭގެ ބައެއް އިމާރާތްތަކަށް ވެސް ވަނީ ލޮޅުން އަރާފައެވެ. އެއާއެކު ބައެއް އިމާރާތްތައް ހުސްވެސް ކުރިއެވެ.

ބިން ހެލުމެއްގެ އަސަރުކޮށް، އިމާރާތް ގުޑުން އެރުމުން، ހެލްތު މިނިސްޓްރީ ހުންނަ ދިހަ ބުރީގެ ރޯޝަނީ ބިލްޑިންގް މިހާރުވަނީ ހުސްކޮށްފައެވެ. އެއިމާރާތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ތިބީ މިހާރު އިމާރާތުން ބޭރުގައެވެ.

ރާއްޖެއަށް ސުނާމީ ވެސް 2004 ވަނަ އަހަރު އެރީ ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމަކާއެކުއެވެ. އެފަހަރު ބިންހެލުން އައީ 9.1 މެގްނިޓިއުޓްގެ ބާރުމިނުގައެވެ.

ތަފްސީލް އަންނަނީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top