މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ ބިދޭސީން ހިފަހައްޓައިފި

big_lDMLyteFHm3bJScBkp6e5ERhF.jpg

ޖާސޫސް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ހިފެހެއްޓި އިންޑިއާގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މައުލޫމާތު ލިބޭ ގޮތުން އެ ދެ މީހުން މަސައްކަތް ކުރީ ސްޕައި ކެމެރާއެއް ހަރުކޮށްގެން އެއާޕޯޓުގެ ކަންކަން ހޯދަންކަމަށް ވެއެވެ. ނަމަވެސް އިތުރު މައުލޫމާތު ސާފުވާ ގޮތެއް ނުވެއެވެ.

ޖާސޫސޫ ކުރަން އުޅުނު ކަމުގެ ތުހުމަތުވި އިންޑިއާ ދެ މީހަކު އެއާޕޯޓުން ހިފަހައްޓާފައިވާއިރު ރާއްޖޭގައި އިންޑިއާގެ ނުފޫޒު ބޮޑުވެފައިވާ ކަމަށް އާންމުންނާއި އިދިކޮޅު ސިޔާސީ ޕާޓީން ބުނެ އެވެ. ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދަނީ ދޮގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top