އައިސް ޕްލާންޓްތައް ހިންގުން ފެނަކަ އަށް

0-02-03-4fbbf3f73baa000ab353d8c24aab81d5c058087a19afef82ca56b260b6525a4c_2738293b0a4.jpg

ރާއްޖޭގެ ރަށްރަށުގައި ގާއިމު ކޮށްފައި ހުރި އައިސްޕްލާންޓު ތައް ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރަން ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިި އެވެ.

މިކަން މިމަގަށް ހިންގެވުމަށް ނިންމަވާފައި ވާކަމަށް ރައީސް އިއުލާނު ކުރެއްވީ ފެނަކަ ކޯޕަރޭޝަނުން މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ ޖަޒީރާ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔަކީ ފެނަކަ ކޯޕަރޭޝަން ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސްވަނީ ފެނަކަ ކޯޕަރޭޝަނަށް ތައުރީފުވެސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އެކުންފުނިން އުފެއްދެވި އިތުބާރާއެކު، ސަރުކާރުގެ ވިސްނުމަކީ، ފެނަކައިގެ ޚިދުމަތްތައް ފުޅާކޮށް އިންޖީނުގެ ތަކުން ރަށްރަށުގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ އިތުރުން ވެސް އެހެން ޚިދުމަތްތައް ފެނަކަ މެދުވެރިކޮށް ރަށްރަށަށް ދިނުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top