ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީ ސަސްޕެންޑްކޮށްފި

big_wm692P5FjELT9anpeq7xLPlEh.jpeg

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރި ގާޒީއަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކޮށްފި އެވެ.

ވަރިވާން ކޯޓަށް ދިޔަ އަންހެން މީހާއަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ސަސްޕެންޑްކުރިކަން ހާމަކުރީ ޖޭއެސްސީން ރޭގަ އެވެ.

މި މައްސަލައިގާ ސަސްޕެންޑް ކުރީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެވެ. ޖޭއެސްސީން އަލީ އާދަމް ސަސްޕެންޑްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކުރެވިފައިވާ ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު އަލީ އާދަމާއި ގުޅޭގޮތުން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަލީ އާދަމް ސަސްޕެންޑް ކުރީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.

މެޖިސްޓްރޭޓް ސަސްޕެންޑްކުރި އިރު، އަންހެން މީހާ އަށް ގުޅި މައްސަލާގައި ބަޔަކު އޭނަ އަށް މިދިޔަ އަންގާރަ ދުވަހު މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ. އަދި އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top