ކަނބަލުންގެ ޖަގަހަ ހުޅުވައިފި

ޖަގަހަ1.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީދާއިރާ އަށް ކުރިމަތިލައްވާފައިވާ މިހާރުވެސް މި ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕެއިން ޓީމުން އަންހެނުންނަށް ޚާއްސަކޮށްގެން “ކަނބަލުންގެ ޖަގަހަ” މިއަދު ހަވީރު ހުޅުވައިފިއެވެ.މި ޖަގަހަ ހުޅުއްވައިދެއްވީ އަހްމަދު ސަމީމުގެ އަނބިކަނބަލުން ޒުލައިޚާ އެވެ.

އޭދަފުށީގެ ހުޅަނގު ކޮޅުގައި ހުންނަ މޫސުން ރަބީއުގޭގެ ގޯތިތެރޭގައި ހުޅުވި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަލީމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ބައިވެރިވެފައިވެއެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި “މިފަހަރު ސަލީމް ހޮވާށޭ “ގެ ގަދަ އަޑުން ކުޅަދާނަ ލަވަކިއުން ތެރިއަކު ކިޔަމުން ދިޔަ ރީތި ލަވައިގެ މިއުޒިކާ އެއް ހަމައަށް ކަނބަލުން ކޮޅެއްގެ ނެށުމުގެ ފަރި ހަރަކާތް ތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ.

މި ޖަގަހަ އާބެހެ ގޮތުން މައުލޫމާތު ކޮޅެއް ހޯދާލުމަށް ސަލީމް ކެމްޕޭން ޓީމްގައި ހަރަކާތްތެރިވާ ބޭފުޅަކާ ވާހަކަ ދައްކާލުމުން ވިދާޅުވީ ކަނބަލުންނަށް ޚާއްސަކޮށްގެން ޖަގަހައެއް ހުޅުވުމުގެ ބޭނުމަކީ ކެމްޕޭން ޓީމުގައި ބައިވެރިވާ ކަނބަލުންގެ އެދުމާއެކު ކަމަށެވެ. ހަމަ އެއާއެކު ސަލީމަށް ތާއީދު ކުރާ އަންހެނުން ވަކިން އެއްތަނަކުން ފެނިދެނިވެ މިނިވަން ކަމާއެކު ޚިޔާލު ބަދަލު ކޮށްހެދުމަށް ފުރުސަތު ފަހިވެގެންދާނީ ކަނބަލުނނަށް ޚާއްސަ ޖަގަހަތަކެއް ހުރުމުންކަމަށް ފެންނާތީއެވެ. އޭނާ ވިދާޅުވީ ކަނބަލުންނަށް ޚާއްސަކޮށްގެން އިތުރު ޖަގަހައެއް މިރޭވެސް ހުޅުވާނެ ކަމުގައެވެ.

“އޭރުން ރަށުގެ ހުޅަނގުކޮޅާއި މެދުއަވަށުގައި ކަނބަލުންނަށް ޚާއްސަ ދެ ޖަގަހަ ހުޅުވުނީ. އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އިތުރުވެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ކަނބަލުންނަށް ފަސޭހަވެ ބިނާކުރަނިވި ޚިޔާލުތަކެއްވެސް އިތުރުވެގެންދާނެ. ” ސަލީމގެ ކެމްޕޭން ޓީމުން ބުނަނީ މިހެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top