އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ފެށުން މާދަމާ

DSCN8731.jpg

މިދިޔަ އަހަރުގެ ރިސޯޓްމުބާރާތުގެ ތެރެއިން -އީވީ ފައިލް ފޮޓޯ

ބ.އަތޮޅުގައި ހިންގާ ރިސޯޓް ތަކަށް ހުޅުވާލައިގެން އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ބާއްވާ މިއަހަރުގެ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ފަށަނީ މާދަމާ ކަމަށް އެ ކްލަބުން ހާމަ ކޮށްފިއެވެ.

ކުރިން މިއަދު ފަށާ ގޮތަށް ނިންމާފައިވާ މި މުބާރާތް އެއްދުވަސް ލަސްކޮށް ފަށަން ޖެހުނީ އެކަމަށް ރިސޯޓު ތަކުން އެދިގެން ކަމަށް ޒުވާނުންގެ ކްލަބްގެ މަސްއޫލު މެންބަރު މުހައްމަދު ޒާހިދު (ބައްޓޭ ) ވިދާޅުވިއެވެ.

މުބާރާތް މާދަމާ ފަށާއިރު މި މުބާރާތ ހުޅުވާ މެޗްގައި ވާދަކުރާނީ ސޮނެވާފުށީ ރިސޯޓާއި ވައްކަރު މޯލްޑިވްސް ރިސޯޓެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 28 ން – އޯގަސްޓް 12 އަށެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ރިސޯޓްގެ އިތުރުން އަނެއް ހަ ރިސޯޓަކީ އެންމެ ފަހުގެ ޗެމްޕިއަން ދުސިތު ތާނީ މޯލްޑިވްސް، އަމިއްލަފުށީ ރިސޯޓް، ފިނޮޅު ރިސޯޓް، ރޯޔަލް އައިލެންޑް، އަނަންތަރާ ކިހަވައް ވިލާސް އަދި މިލައިދޫ އައިލެންޑް ރިސޯޓް އެވެ.

މި މުބާރާތަކީ ބ. އަތޮޅު ރިސޯޓް ތަކަށް ހުޅުވާލައިގެން އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ) އިން ތައާރަފް ކުރި މުބާރާތެކެވެ.  2013އި ން 2015އާ ދެމެދު މި މުބާރާތް އެ ޖަމިއްޔާ އިން ކުރިއަށް ގެންދިޔަ ނަމަވެސް ފަހުން މި މުބާރާތް ހިންގަމުން ގެންދަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ފްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ސޮނެވާފުށި ރިސޯޓް އެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ އަނަންތަރާގެ އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑް (އަމިއްލަފުށި/ފިނޮޅު ރިސޯޓް) އަދި ދުސިޓް ތާނީ މޯލްޑިވްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top