އޭދަފުއްޓަށް ރީތި ނަން ހޯދައިދިން ދެ ދަރިންނަށް މަރުހަބާ !

37812905_2468060853220450_8698288215922049024_n.jpg

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އޭދަފުށީ ފިނިހިޔާގޭ އަބްދުލް މަޖީދު މުހައްމަދު-ފޮޓޯ : ރައީސް އޮފީސް

ދިވެހި ރާއްޖޭގައި ގައުމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެެރި އެވޯޑް ނުވަތަ ގައުމީ އިނާމު އޭދަފުއްޓަށް އުފަން އޭދަފުށީގެ ދެ ދަރިން ކަމުގައިވާ ފިނިހިޔާގޭ އަބްދުލްމަޖީދު މުހައްމަދު އާއި ދިލްކަޝްގޭ އަބްދުއްރަޝީދު އަލީ ހޯއްދަވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގައުމީ އިނާމު މި ބޭފުޅުންނަށް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

މިހާރުވެސް .ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިސްލާމް މުދައްރިސްގެ މަގާމް އަދާކުރައްވެމުގައި ދެމި ހުންނެވި އޭދަފުށީ ފިނިހިޔާގޭ އައްޝައިޚް އަބްދުލް މަޖީދު މުހައްމަދު އަށް ލިބިވަޑައިގެންފައިވަނީ ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމެވެ.

ޝައިޚް މަޖީދުގެ ރަސްމީ ވަޒީފާގެ އިތުރުން އޭނާއަކީ އޭދަފުށީގައި ޤާރީން އުފެއްދެވުމަށާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ތަޖްވީދު މަގުން ރީތި ކޮށް ގުރުއާން ކިޔަވަން ދަސްކޮށްދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަދައިގެންނެވި އޭދަފުށީ ދިލްކަޝްގޭ އަބްދުއްރަޝީދު އަލީ

އޭދަފުށީ ދިލްކަޝްގޭ އަބްދުއްރަޝީދު އަލީއަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން، ދިވެހި ބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާ ކުރުމުގެ ރޮނގުން ނެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަބުސީ އަށް ލިބިވަޑައިގެންނެވި އިރު އޭނާ ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ އަހަރު ތަކެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެންމެ ފާހަގަކުރެވެނީ  މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އޭނާ ހޭދަކުރެއްވި ދުވަސް ތަކުގައި ކުރައްވާފައިވާ ޚިދުމަތްތަކެވެ. އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ފެކަލްޓީގެ ފަރާތުން ވަނީ ޝަރަފްވެރިކަމުގެ އިނާމުވެސް  ލިބިވަޑައިގެންފައެވެ. މިއަދު އޭނާ އަކީ އެފެކަލްޓީގެ ޑިރެކްޓަރ ޖެނެރަލް އެވެ.

ރޭގެ ޖަލްސާގައި ޝަރަފްވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް ލިބިވަޑައިގެންނެވިއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު 15 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބޭފުޅުންނަށް އިނާމް ދީފައިވަނީ އެބޭފުޅުންގެ ހިދުމަތް ދިވެހި މުޖުތަމައަށް ފޯރާފައިވާ މިންވަރުގެ މައްޗަށް ބިނާކޮށް ބެލުމަށްފަހު އެވެ. އެކަން ކަށަވަރު ކުރުމުގެ ގޮތުން މިރޭ އިނާމް ދިން ބައެއް ފަރާތްތަކާއި ކޮމިޓީން ބައްދަލުކޮށްފައިވާކަމަށާ އޭގެ އިތުރުން އެކި ޖަމިއްޔާތަކަށާއި ތަންތަނަށް ގޮސް އެ ފަރާތްތަކުގެ މަސައްކަތް ބަލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top