ރިސޯޓުތަކުގެ 97 އިންސައްތަ މުވައްޒަފުން, ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

6WHu3tGOIoKwun74kTh4gezI67WUCVSavRhTI5Ai.jpeg

ރިސޯޓެއްގެ މުވައްޒަފަކު ކޮވިޑް ވެކްސިން ޖަހަނީ ---ފޮޓޯ : ވަން އޮންލައިން

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 97 އިންސައްތަ މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހިނގާ ޖުލައި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ރިސޯޓް ތަކުގައި މަސައްކަތް ކުރާ 97 އިންސައްތަ މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 72 އިންސައްތަ މުވައްޒަފުން ފުރިހަމަ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހަލުވިމާއެކު ކުރިއަށް ދާއިރު، މި ޖުލައި މަހުގެ 7 ވަނަ ދުވަހު ސަރުކާރުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ނަމަ މޮނިޓަރިންގައި ނެތް ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

ރިސޯޓު މުވައްޒަފުންގެ ތެރެއިން ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް 14 ދުވަސް ހަމަވެފައިވާ މީހުންނަށް މި ލުއިތައް ލިބޭނެ ކަމަށާއި، މޮނިޓަރިންގެ ހާލަތުގައި ނެތް ކޮންމެ ރަށަކަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކަށްފަހު ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭގެ އާ އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބަލައިގަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ވެސް ވަނީ ލުއިތަކެއް ދީފައެވެ. އޮގޮތުން ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ރާއްޖެ އައިސް ކަރަންޓީން ވާން ޖެހޭނީ 7 ދުވަހެވެ. ކަރަންޓީނުގެ މުއްދަތަށް ފަހު ރިލީސް ސާމްޕަލް ނެގެޓިވް ނަމަ އިތުރު މުއްދަތަށް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top