އަމިއްލަފުށީގައި ބިއްލޫރީގެ ވިލާއެއް

big_5jc2H4ZPLw57e6kvB6k8vgmLz.jpg

ފޮޓޯ :މޯލްޑިވްސް އިންސައިޑާ

ބ.ފިނޮޅޮހުގައި ތަރައްގީކޮށްފައިވާ މަތީފެންވަރުގެ އަމިއްލަފުށި ރިސޯޓުގައި ބިއްލޫރި ބަބްލްއަކާއެކު އުސް ވިލާއެއް އިމާރާތް ކޮށްފިއެވެ.

ސްކައި ހައުސްގެ ނަން ދީފައިވާ މި ވިލާ ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.

އަމިއްލަފުށީގައި ވިލާ ފަރުމާކޮށްފައިވަނީ ފެހިކުލަ ގަދަ މި ރިސޯޓުގެ ގަސްކަރަ މަތިން ފެންނާނެ ގޮތަށެވެ. މިގޮތުން މި ވިލާގެ މަތީގައި ބިއްލޫރިން ހަދާފައިވާ ބަބްލްގެ ނުވަތަ ބޮކިގެއަކީ މިތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ތަނެކެވެ.

ދުއިސައްތަ ވިހި އަކަމީޓަރުގެ މި ސްކައި ހައުސްގައި ބޮޑު ލިވިން އޭރިއާކާއިއެކު އިންފިޓިޓީ ޕޫލެއް ވެސް އޮވެ އެވެ. އަދި މި ތަނުގައި ތިބޭއިރު ރަށުގެ ގަސްކަރަ މަތީގައި އުޅޭ ދޫނިތަކާއި ސާފު ޖައްވު ރީތިކޮށް ފެންނަން އޮވެ އެވެ.

އަމިއްލަފުށި ހިންގާ ސްމޯލް އައިލެންޑް އެންޑް ކޯ އިން ބުނީ ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ މިތަނުގައި އެއް ކޮޓަރީގެ އެނދަކާއެކު ޖައްވުގެ ރީތި މަންޒަރުތައް ބަލައިލަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ޓެލެސްކޯޕެއް ވެސް ހުންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top