އޭދަފުށީ މުހައްމަދު އަލީ ނިޔާވުމުގެ ހިތާމައިގާ ރައީސް މުއިއްޒުގެ ތައުޒިޔާ

original_1764525779252.jpeg

ބ. އޭދަފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އޭދަފުށީ ޑޭޒީވިލާ، މުހައްމަދު އަލީ އަވަހާރަވުމުގަ ހިތާމައިގެ ބައިވެރިވެވަޑައިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބ. އޭދަފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު ޑޭޒީވިލާ، މުހައްމަދު އަލީ އަކީ ޤަދަރުވެރި ބޭފުޅެއް ކަމަށާއި މުހައްމަދު އަލީ އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މަރްހޫމް މުހައްމަދު އަލީ އަކީ އޭދަފުށީގެ ތަރައްގީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށާއި، އިޖްތިމާޢީ ކަންކަމަށް މުހައްމަދު އަލީ ކުރެއްވި ހިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުހައްމަދު އަލީ ވަނީ މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަރްހޫމް މުހައްމަދު އަލީގެ ފުރާނަފުޅަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެހެއްޓެވުން އެދި ދުއާ ދަންނަވާފައެވެ.

މުހައްމަދު އަލީ ނިޔާވެފައިވަނީ އިންޑިޔާގެ ޗެންނާއީގައި ސިއްހީ ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 91 އަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top