ބޭބެގެ ފަހަތުން ކޮއްކޮ. 18 ގަޑިއިރުގެ ތެރޭގައި ދެ މަރު!

Untitled-1.jpg

އިއްޔެ މުޅި ރާއްޖެ ސިއްސުވާލި އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ ނިޔާވި ޚަބަރު އެހިތާ 18 ގަޑިއިރު ނުވަނީސް މިއަދު ކޮއްކޮ އައިމިނަތު އަލީ ނިޔާވެއްޖެއެވެ.

އޭދަފުށީގެ ލޭންޑުމާކުގެ ގޮތުގައި މިހާރު ބަލަމުން އަންނަ ހިތްގައިމު މިސްކިތް ބިނާކުރެއްވި ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި ނިޔާވީ އިއްޔެ ހަވީރު އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށެވެ.

މުހައްމަދު އަލީގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ، އުމުރުން 85 އަހަރުގައި މިއަދު ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހު މާލޭގައެވެ.

ފަސް ކުދިންގެ މަންމަ އައިމިނަތުގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވި އެކި މައްސަލަތަކާ ހެދި އެނދުމަތިވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ހަތަރު ކުދިންގެ މަންމަ އައިމިނަތު ނިޔާވިއިރު، އެ އާއިލާގެ ގިނަ މީހުން މިހާރު ތިބީ މުހައްމަދުގެ ޖަނާޒާއަށް އިންޑިޔާގެ ޗެންނާއީ އަށް ދިއުމުގެ ދަތުރުމަތީގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top