ކަރަންޓީނު ވެފައި ރޯޔަލް އައިލެންޑް ގައިތިބި މީހުންނަށް ހައްވަމެން ދިނީ ރޯދަވީއްލުމެއް.

0-02-03-f6f4ac91f52849a7e8fddfbfeda878cd9383468a84f0fe2e5a1163b6d097879a_f8cf239.jpg

ކޮވިޑް -19 އާ ގުޅިގެން ރޯޔަލް އައިލެންޑް ގައި ކަރަންޓީނުވެފައި ތިބި މީހުންނަށް މި ރޯދަމަހު އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަނި ރޯދަވީއްލުން ފޮނުވާފައެވެ.

ރޯދަ މަހަކީ އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަމާ އެހީތެރި ކަމުގެ ގޮތުން އެކަކު އަނެކަކަށްވުރެ ކުރިއަރައިދިއުމަށް މަސައކްތަ ކުރަން ލިބޭ އެެންމެ އަގުހުރި ދުވަސްކޮޅުކަމަށް ވެފައި ރޯޔަލްގައި ކަރަންޓީނު ވެފައި ތިބި އަޚުންނާއި އުޚުތުންނަށް ހިތްވަރު ދިނުމުގެ ގޮތުން އިސްނަގައި ރޯދަވީއްލުމެއް ތައްޔާރު ކޮށް  އެރިސޯޓަށް ފުރަތަމަ ފޮނުވީ ހިތާދޫ ރައްޔިތުންނެވެ. އޭގެ ފަހުން މާޅޮސް، ތުޅާދޫ އަދި ގޮއިދޫން ވެސް ވަނީ ރޯޔަލްގައި ތިބި މީހުންނަށް ވަނީ ރޯދަވީއްލުމެއް ދީފައެވެ.

އެކަމަކު ވަކި ފަރުދެއްގެ ގޮތުން މިކަމަށް އިސްނެގި ފުރަތަމަ އަންހެނަކީ އޭދަފުށި ކައުންސިލރުގެ މަގާމުގައި ހުންނެވި ހައްވާ ސަމީހާއެވެ.

“އަހަރެން ހިތަށް އެރީ ރޯޔަލްގއި ކަރަންޓިނު ވެފައި އެމީހުންގެ އާއިލާއާ ދުރުގައި ތިބި މީހުން ހިތް އުފާކޮށްލުމުގެ ގޮތުން ރޯދަ ވީއްލުމެއް ދޭން.” ހައްވަ ބުންނެވެ.

ހައްވަ ބުނީ މިކަމަށް ތައްޔާރު ވަމުން ދަނިކޮށް އޭދަފުށީ ރޯޒްމީޑްގޭގެ ފަރާތުން މިކަމާ ބައިވެރިވާން އަމިއްލަ އަށް އެދުމުން ދެން ކުރިއަށްގެންދިޔައީ ދެފަރާތް ގުޅިގެން ކަމަށެވެ.

އެގޮތުން ރޯޔަލްގައި މި ވަގުތު ކަރަންޓީނުގައި ތިބ 300 އެއްހައި މީހުންނަށް އެމީހުންވަނީ މުއްސަނދި ރޯދަ ވީއްލުމެއް އިއްޔެ ދީފައެވެ.

ހައްވަމެން ރޯދަވީއްލުން ތައްޔާރު ކުރީ ތަރާވީހަކާ ވެސް އެކު އެވެ.

“އަށް ވައްތަރުގެ ހެދިކާގެ އިތުރުން ރޮއްޓާ ރިހަ އާ ދެވައްތަރުގެ މައްސުނި އަދި ތަފާތު 3 ވައްތަރުގެ ޖޫސްވެސް ހުންނާނެ.” ހައްވަ ބުނީ އޭގެ އިތުރުން 13ކޭސް ބޯފެނާ 13 ކޭސް ޖޫސް ޕެކެޓް ވެސް މި ޕެކެޖްގައި ހިމެނޭ ކަމަށެވެ.

އޭދަފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ވެސްޓް ވިންގްގެ ފަރާތުންވެސް މިއަދު ވަނި ރޯޔަލްގައި ކަރަންޓިނުވެފައި ތިބި އަޚުންނާއި އުޚުތުންނަށް ރޯދަ ވީއްލުމެއް ތައްޔާރު ކޮށް ފޮނުވާފަ އެވެ. އެ ކްލަބުން ހާމަ ކުރި ގޮތުގައި މިކަމުގެ ބޭނުމަކީ ކޮވިޑް-19 ގެ ދަތިކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކާ އެކު އެ ޖަމިއްޔާގެ މެންބަރުން ވެސް ތިބިކަން ހާމަކޮށްދިނުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top