ބ. ވައްކަރު ރިސޯޓު ހުޅުވަނީ. ވަޒީފާތަކަށް މީހުންހޯދަން އިއުލާނު ކޮށްފި

579522a_hb_k_001.jpg

ވައްކަރުގެ ބީޗްވިލާއެއް- ފޮޓޯ ވައްކަރު ރިސޯޓް

ބ.އަތޮޅު ބަޔޮސްފެއަރ ކައިރީގައި އޮންނަ ވައްކަރުގައި ރިސޯޓެއް ތަރައްގީ ކޮށް މިހާރުވަނީ ހުޅުވަން ތައްޔާރު ވެފައެވެ.

ލަންކާގެ ކުންފުންޏެއް ކަމަށްވާ ނަވަލޯކާ ކޮންސްޓްރަކްޝަން ގްރޫޕުން ތަރައްގީކުރި ރިސޯޓް އަންނަ އޮކްޓޯބަރ މަހު ހުޅުވަން ނިންމާފައިވާއިރު މިހާރުވަނީ ޕްރީ އޮޕެނިން ޓީމުގެ ގޮތުގައި އެކި ވަޒީފާތަކަށް މުވައްޒަފުން ހޯދަން ވަނީ އިއުލާނު ކޮށްފައެވެ..

އެގޮތުން ވެއިޓަރުންނާއި ގެސްޓް ސާވިސް ޓީމް އަދި ފްރޮންޓް އޮފީސް މެނޭޖަރުންނާއި އެޗްއާރު ޓްރޭނިން މެނޭޖަރުންނާއި ފައިނޭންސް ޑިޕަޓްމަންޓަށް އެކައުންޓެންޓުން ފަދަ މަގާމުތަކުގެ އިތުރުން ކައްކާ މީހުންނާއި އިންޖިނިއަރިން ދާއިރާއަށް އަދި ގެސްޓް ސާވިސް ޓީމު ލީޑަރުންނާއި އެޖެންޓުންނާއި ސްޕާ ތެރަޕިސްޓުން ވެސް މީހުން ބޭނުންވާކަމަށް އިއުލާންކޮށްފައިވެއެވެ.

އެ ރިސޯޓުގެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއި ފޮޓޯ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެ ރިސޯޓުން އެދެއެވެ.

ވައްކަރު ރިސޯޓުގައި އެކި ކެޓަގަރީގެ 135 ވިލާ ހުރެ އެވެ. އޭގެތެރޭގައި 43 ވޯޓާ ވިލާ އާއި 24 ބީޗް ވިލާ އާއި 10 ވޯޓާ ފެމެލީ ވިލާ ގެ އިތުރުން ޕޫލާއެކު 20 ބީޗް ފެމެލީ ވިލާއާއި ޕޫލާއެކު 5 ބީޗު ސުއިޓު، ޕޫލާއެކު 2 ބީޗު ފެމެލީ ސުއިޓް އަދި 12 ބީޗް ބަންގަލޯ ހުރެ އެވެ. އޭގެ އިތުރުން އަށް ރެސްޓޯރަންޓް އާއި ބާރ ހުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top