އަރިދަފުސްރޯގާއާއި ވައިރަލް ހުމަށް ސަމާލުވޭ! : އެޗްޕީއޭ

BAH.jpg

ރާއްޖޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު އާދަޔާ ޚިލާފަށް އަރިދަފުސް ރޯގާއާއި ވައިރަލްހުން އަދި ބޭރަށް ހިންގުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ )އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ މިފަދަ ރޯގާތަކަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބަލި ތަކަކަށްވާތީ އެކަން ހުއްޓުވަން ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރަން ޖެހޭކަމުގައެވެ.

ހުމުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދުވެސް އެއެޖެންސީއިން ވަނީ ދީފައެވެ. އެގޮތުން، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި ގިނައިން ދިޔާ އެއްޗެތި ބުއިމާއި ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުންއަންނަނަމަ ޑޮކްޓަރަކަށް ދެއްކުމަށް އެ އެޖެންސީން ލަފާ ދެއްވާފައި ވެއެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމުގެ ގޮތުން ކާބޯތަކެތި ރަނގަޅަށް ރޯފިލުވައިގެންނޫނީ ބޭނުން ނުކުރުމަށާއި އާއްމު ސާފުތާހިރުކަން އިތުރުކުރުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top