މަގާމުގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރެވޭކަމަށް ގަބޫލު ނުކުރެއްވޭތީވެ، ފެހެންދޫ ކައުންސިލްގެ ނާއިބުރައީސް އާދަމް އައިމަން އެމަގާމުން އިސްތިއުފާދިނުމަށް ނިންމަވައިފިކަން އީވީއަށް އެނގިއްޖެއެވެ.
އޭނާ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.
އައިމަން އެމަގާމުގައި ހުންނަވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. އައިމަންއާއެކު ދެން އެކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި އެމްޑީއޭގެ ތިން މެންބަރުންނެވެ.