ބ. އޭދަފުށީގައި ގެސްޓްހައުސްތަކެއް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލުން ވަނީ 10،000 އަކަފޫޓްގެ ދެ ބިމެއް 50 އަހަރަށް ދޫކުރަން ނިންމާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބީލަން ފޮތް މި މަހުގެ 14 އިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ކައުންސިލް އިދާރާ އިން ވިއްކާނެ އެވެ. ބީލަން ފޮތުގެ އަގަކީ 10،000ރ. އެވެ.
ކައުންސިލުން ބުނީ އޭދަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ކުރިމަތިލެވޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓްނަޝިޕްތަކަށް ނުވަތަ ކުންފުނިތަކަށް ކަމަށެވެ.