އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ކެންދޫ ދާއިރާއަށް ބަލާއިރު، އެ ބަޖެޓުގައި އެއްވެސް ކަމެއް ނެތްކަމަށާއި ރައްޔިތުން ބޭނުންވާ ނަމަ އިސްތިއުފާ ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފު އިތުރަށް ވިދާޅުވީ މިހާރު ހުށަހެޅިފައިވާ ބަޖެޓަކީ މަޖިލީހުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ވެރިންގެ އަރިހުން އާދޭސް ދަންނަވަން ޖެހޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބަޖެޓެއްކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ނޫން ގޮތަކަށް އެއްވެސް ރަށެއްގައި އެއްވެސް މަޝްރޫޫއެއް ނުހިންގޭނެ ކަމަށާއި ކެންދޫ ދާއިރާގެ ބަޖެޓަށް ބަލާލި ނަމަވެސް ފެންނަން އޮތީ އެ މަންޒަރު ކަމަށެވެ.
މައުރޫފު ވަނީ ތަފާތު ކުރުން ހުއްޓާލައި، ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް އައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މިއީ ޓެކްްސް ބޮޑު، ހަރަދު ބޮޑު ދަރަނީގެ ބަޖެޓެއް ކަމަށާއި 2024 ވަނަ އަހަރުވެސް މާލީ ކަންކަން ސަރުކާރުން މެނޭޖު ކޮށްފައިވަނީ ގޯސްކޮށް ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އަންނަ އަހަރަށްވެސް ސަރުކާރުގެ މިސްރާބު ހުރީ ހަމަ އެގޮތަށް ކަމަށެވެ،