ކަމަދޫ ކައުންސިލުން ނައިބު ރައީސާއި ބައްދަލު ކޮށްފި

142616_bef6322b-a_.jpg

ކަމަދޫ ކައުންސިލްގެ ފަރާތުން ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލު ކޮށްފިއެވެ.

މި ބައްދަލު ވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ކަމަދޫ ކައުންސިލުން ވަނީ ކައުންސިލުގެ ކަންބޮޑުވުންތައް ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެރަށުގައި ނަރުދަމާއާއި ސާފު ބޯފެނުގެ ނިޒާމު ގާއިމުވެފައި ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަމުން ގެންދާ އުނދަގޫ ދިރިއުޅުމާއި ދަތިތަކުގެ ވާހަކަ ހިއްސާކުރެއްވިއެވެ. އަދި ކަމަދޫގެ ސިއްހީ ހާލަތާއި އެކަމުގައި ހުރި މައްސަލަތަކާއި، ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ ވާހަކަވެސް ހިއްސާކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މިސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top