އުކާލެވޭ ކުނިން ގަސްކާނާ އުފައްދަން ދަސްކުރުމަށް ށ.މާއުނގޫދޫ ކައުންސިލަރުން ބ.މާޅޮހަށް

މާއުނގޫދޫ ކައުންސިލުން މާޅޮހުގަައި ކާދުހަދާގޮތް ދަސްކުރުމުގެ އަމަލީ ތަޖްރިބާ ހޯދަނީ

މާއުނގޫދޫ ކައުންސިލުން މާޅޮހުގަައި ކާދުހަދާގޮތް ދަސްކުރުމުގެ އަމަލީ ތަޖްރިބާ ހޯދަނީ

އުކާލެވޭ ކުނިން ގަސްކާނާ ތައްޔާރުކޮށް ކުނި މެނޭޖްކުރުމާބެހޭގޮތުން ތަޖުރިބާ ހޯދުމަށް ށ އަތޮޅު މާއުނގޫދޫ ކައުންސިލު މެމްބަރުން ބ. މާޅޮހަށް ދަތުރުކޮށްފިއެވެ.މާއުނގޫދޫ ކައުންސިލުން ބުނީ އެކައުންސިލްގެ ތިންމެމްބަރުންނާއި، ދެމުވައްޒަފަކު ހޯމަދުވަހު މާޅޮހަށް ކުރި ދަތުރުގައި އެރަށުގައި ކުނި މެނޭޖްކުރާގޮތް ދަސްކުރުމުގެ ގޮތުން ޓްރޭނިންއެއް ހަދާފައިވާކަމުގައާއި އަދި އެމަސައްކަތް ކުރިޔަށްގެންދިއުމާބެހޭ ގޮތުން ހޯދަންބޭނުންވާ މައުލޫމާތުތައްވެސް މާޅޮހު ކައުންސިލުން ދީފައިވާކަމުގައެވެ.

މާއުނގޫދޫ ކައުންސިލްގެ މެމްބަރ ހަސަން ފިރުދައުސް ވިދާޅުވީ މިލިބުނު ތަޖުރިބާތަކުން އުކާލެވޭ ކުނިން ކާދުހަދާނެ ގޮތާއި، ދަޅު، ފުޅި ނައްތާލުމުގެ މަސައްކަތް ކުރާނޭގޮތުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ލިބިއްޖެކަމަށާ، ރަށަށް ގޮސް މިމަސައްކަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ.

އޭނާ ވިދާޅުވީ މިމަސައްކަތް ދަސްކުރުމަށް މާޅޮހަށް ޒިޔާރަތްކުރަންޖެހުނީ މިވަގުތު ރާއްޖޭގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް އެންމެ ރަނގަޅު ފެންވަރަކަށް ކުރަމުން ދަނީ މާޅޮހުގައި ކަމަށްވާތީކަމުގައެވެ. އޭނާ ވިދާޅުވީ މާޅޮހު ކައުންސިލަރުންގެ އެހީތެރިކަން މިދަތުރުގައި ވަރަށްބޮޑަށް ލިބުނުކަމުގައެވެ.

މިދަތުރުގައި ބ. އަތޮޅުގެ ރިސޯޓެއްކަމުގައިވާ ސޮނެވާފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް އިއްޔެ އެރަށަށް އެރަށަށް ދަތުރު ކުރިކަމަށްވެސް ފިރުދައުސް ވިދާޅުވިއެވެ.
މާޅޮހު ކައުންސިލްގެ މެމްބަރ އަދި ޓްރޭނިންގް ޕްރޮގްރާމްގެ އިސްބޭފުޅާ އަބްދުލްމަތީން ސޯލިހް ވިދާޅުވީ މިފަދަ ތަޖުރިބާއެއް ހޯދުމަށް ށ. މާއުނގޫދޫ ކައުންސިލުން، މާޅޮސް ހިޔާރުކުރިކުރުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށާ، މާޅޮހުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް މިކަމުންވެސް އިތުރު ހިތްވަރެއް ލިބިއްޖެކަމުގައެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތް ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ފެށުމަށް ތައްޔާރުވަމުންދާއިރު، މިކަން އަމަލީގޮތުން މިއަތޮޅުގައި ހަމައެކަނި އަދި ފެށިފައިވަނީ މާޅޮހުގައެވެ. އަތޮޅުގެ ވެރިރަށް އޭދަފުށީގައި އަދިވެސް ކުނި މެނޭޖްކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވާތީ ރައްޔިތުން ދަނީ މި ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ފާޅުކުރަމުން ރަށު ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top