
އެޓޯލްކިއުޓްގްރޫޕުން މާލެއާ އޭދަފުއްޓާދެމެދު ފެރީގެ ޚިދުމަތަށް އެންމެ ފަހުން ނެރެފައިވާ 50 މީހުންގެ އެޓޯލްކްރޫޒް. މި ލޯންޗް މިހާރުވަނީ ވައިފައި ކޮށްފަ . ފޮޓޯ: އީޓީ
އޭދަފުށީގައި އެންމެރަނގަޅަށް އިތުބާރާއެކު މާލެއާ އޭދަފުއްޓާދެމެދު ފެރީގެ ޚިދުމަތްދެމުން ގެންދާ އެޓޯލްކިއުޓްގްރޫޕުގެ ފްލީޓަށް އިތުރުކުރި 50 މީހުންގެ ސްޕީޑްލޯންޗް “އެޓޯލްކްރޫޒް “ވައިފައި ކޮށްފިއެވެ.
މިއީ އޭދަފުއްޓާ މާލެއާދެމެދު ދަތުރުކުރާ އުޅަނދެއްގައި މިކަހަލަ ސަރވިސްއެއް ދޭންފެށި ފުރަތަމަ ފަހަރެވެ.
ދިރާގާ ގުޅިގެން ދޭންފެށި މި ޚިދުމަތުގެ ސަބަބުން އެލޯންޗުން ދަތުރުކުރާ ޕެސެންޖަރުންނަށް މިއީ ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެކަމުގައާއި އަދި ހުސްވަގުތެއްލިބިއްޖެނަމަ އިންޓަރނެޓާ ނުލައި ނޫޅެވޭވަރަށް އެއަށް ދެވިހިފާފައި ތިބި ގިނަ ޒުވާނުންނަށް މިއީ އުފާވެރި ޚަބަރަކަށްް ވާނެކަމަށް އެގްރޫޕުން ބުނެއެވެ.
މިޚިދުމަތް ދިނުމަށް މިއަދު ހެނދުނު އެޓޯލްކްރޫޒްގައި އޮތް ރަސްމިއްޔާތެއްގައި ޚިދުމަތް ފައްޓަވައިދެއްވަމުން ދިރާގުން ވަނީ މިކަމަށް ދިރާގު ޚިޔާރުކުރެއްވީތީވެ އެޓޯލް ކިއުޓް ގްރޫޕަށް ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި އޭދަފުށީގައި ތިއްބެވީ ދިރާގުގެ އިސް ބައެއް ސްޓާފުންވެސް ބައިވެރިވެލެއްވިއެވެ.
މިލޯންޗްގައި މާލެއާ އޭދަފުއްޓާ ދެމެދު ދަތުރަށް ހޭދަވަނީ 2 ގަޑިއިރެވެ. ދަތުރުތައް އޮންނަނީ ހަފްތާއަކު ތިން ދުވަހެވެ. އެއީ ހޮނިހިރު، ހޯމ،ަ ބުރާސްފަތި ދުވަހުއެވެ.