ފަސްމުގޫ ”ބޮޑުޝޯވ” އަށް ރާޅު މަރިޔަނބާއި، ހޯރަފުށީ ރުގީގެ “ފެހިފެހި އާޒާދީ” ބޭންޑް

FSDF.jpg

ރުގިއްޔާ، އަދި މައީޝާ. މާދަމާރޭ އޭދަފުށީގައި އޮންނަ ފަސްމުގޫ ޝޯގައި ބައިވެރިވާނެ

ފަސްމުގޫ ރޯދަސޭލް 2018ގެ ނަސީބުވެރިން ހޮވައި، އިނާމް ހަވާލުކުރުމުގެ ގޮތުން މާދަމާރޭ އޭދަފުށީގައި ބާއްވާ ސްޓޭޖްޝޯވއަށް މޯލްޑިވިއަން އައިޑަލްގެ ތަރި މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އާއި، އެއަޑުގެ ޖާދޫގައި ޖެެހި ދިވެހިންގެ ދޫތަކުން  “އިހުގެ ރެލީ އަދިވެސް މާމޮޅޭ ” ބުނެލެވޭ ވަރަށް ހޯރަފުށީގެ މަޝްހޫރު ލަވަ ކިއުންތެރިޔާ މަރްހޫމާ ފަރީދާގެ ރަން އަޑުގެ ހަނދާންތަކާއެކު ރުގިއްޔާ އަބްދުﷲ (ފެހިފެހި އާޒާދީ ރުގިއްޔާ) އައުމަށް ހަމަޖެހިއްޖެއެވެ.

ފަސްމުގޫ ގްރޫޕުން ބުނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ކުލަގަދަ ހަރަކާތް ތަކަކާއެކު ބާއްވާ މިޝޯގައި މައީޝާއާއި، ރުގީގެ އިތުރުން ވޭލާ ބޭންޑްގެ ފޯރިގަދަ ލަވަތަކެއް ފެންނާނެ ކަމަށެވެ. ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް ވިދާޅުވީ މިޝޯ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ބ. އަތޮޅުގެ ރައްޔިތުން އަދި ޚާއްސަކޮށް އޭދަފުށީ ރައްޔިތުން ހިތް އުފާކޮށްދިނުމުގެ އިތުރުން ހެއްވާލުން ކަމަށެވެ.

“ކުލަގަދަ ޝޯއެއް ނުބޭއްވިޔަސް ލަކީޑްރޯ އިނާމްތައް އަޅުގަނޑުމެންނަށް ދެވިދާނެ. އެހެންނަމަވެސް ހަމަ ގަސްދުގަ އަޅުގަނޑުމެން މިޝޯ މިރޭވީ ކުލަގަދަކޮށް ބޭއްވުމަށް، އެއީ އަޅުގަނޑުމެންގެ ކަސްޓަމަރުން ހެއްވާލުން. ބ. އަތޮޅުގެ ރައްޔިތުންނަށް ފަސްމުގޫ އަބަދުވެސް ދޭނީ އުފާވެރި ހަބަރު. ކުރާނީ ހިތްހަމަޖެހޭ ކަންކަން.” ޝޯ އާބެހޭގޮތުން އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ މިއަހަރުގެ ޝޯގައި ހާއްސަ މެހްމާނުން ތަކަކަށް ދައުވަތު ދޭނެކަމަށާ، ލަކީ ޑްރޯގެ އިތުރުން ފަސްމުގޫ ޓީމާ ގުޅިގެން މަސައްކަތް ކުރާ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

“ލަކީ ޑްރޯގައި އެކަނިވެސް އެއްލައްކަ ރުފިޔާގެ އިނާމާ ހަދިޔާ ކަސްޓަމަރުންނަށް މިދޫކޮށްލަނީ. އަދި 25000ރ. ގެ އަގުހުރި ބެޑްރޫމް ސެޓެއްވެސް ދޫކޮށްލަން ހަމަ މިރޭ. އޭގެ އިތުރުން ބެސްޓް ސޭލްސް ރެޕްރެޒެންޓެޓިވް އާއި ފަސްމުގޫއަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އިނާމް ދިނުމަށްވެސް ހަމަޖެހިފައިވޭ.”

ފަސްމުގޫ ގްރޫޕްގެ ފަރާތުން އޭދަފުށީގައި ހިންގާ ފަސްމުގޫ ފިހާރައަކީ ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި އާއި ރިޓެއިލް ވިޔަފާރި ހިންގާ ފަރާތެވެ. މިގްރޫޕުން މިދިޔަ ދެއަހަރު ބޭއްވި ސޭލްގެ ލަކީ ޑްރޯ ނެގުމަށްވެސް މިދިޔަ ދެއަހަރު ވަނީ މޯލްޑިވިއަން އައިޑަލްގެ ތަރިންނާއެކު އޭދަފުށީގައި ޝޯތައް ބާއްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top