މާލެ- ކޮލަމްބޯ ރިޓާންޓިކެޓް 160 ޑޮލަރަށް

ފްލައިދުބާއީގެ ފްލައިޓެއް

ފްލައިދުބާއީގެ ފްލައިޓެއް

އަންނަ ސެޕްޓެމްބަރުމަހުގެ ތިނަކުން ފެށިގެން މާލެ- ކޮލަމްބޯ- މާލެ ޓިކެޓެއްގެ އަގު 160 ޑޮލަރަށް (2467ރުފިޔާ) ލިބޭ ފެއަރއެއް ޑުބާއީގެ ލޯބަޖެޓް އެއަރލައިނެއްކަމުގައިވާ ފްލައިޑުބާއީން ފެށުމަށް ނިންމައިފިއެވެ.

ފްލައިޑުބާއީގެ ރާއްޖޭގެ އެޖެންޓް އިނާމޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ސަންނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މިޚަބަރު ދެއްވަމުން ވިދާޅުވެފައިވަނީ ކޮންމެ ހަފްތާއަކު ރިޓާން ތިންދަތުރު ލަންކާއާ މާލެއާ ދެމެދު ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ.

ފިރާގު ވިދާޅުވީ އެދަތުރުތަކުގައި ބޭނުންކުރާނީ 737-800 މަރުކާގެ ބޯޓްތަކެއްކަމަށާ ކުރިއަށްއޮތް ދިހަ ދުވަހުގެތެރޭގައި ޓިކެޓް ވިއްކަން ފަށާނެކަމުގައެވެ.

އާއްމުކޮށް މާލެ-ކޮލަމްބޯ ރިޓާން ޓިކެޓެއްގެ އަގުއުޅެނީ 200 ޑޮލަރުން މަތީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top