ޑެންގީހުމަށް ސަމާލުވޭ ! ދެވަނަމީހަކުވެސް ނިޔާވެއްޖެ

article-2684584-1F7B22F400000578-797_634x420.jpg

ޑެންގީހުން ޖައްސާ ޢީޑީސް މަދިރި

ޑެންގީހުންޖެހިގެން މީހަކު މަރުވިތާ ހައެއްކަދުވަސްނުވެ އުޅެނިކޮށް އަނެއްކާ މާބަނޑު އަންހެނަކު އައިޖީއެމްއެޗްގައި ރޭ ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާއޮފިޝަލް ޒީނަތު ހަބީބު ވިދާޅުވީ ޑެންގީހުން ޖެހިގެން ނިޔާވެފައިވަނީ ނ.މާޅެންދޫ މާޖެހިގޭ ހަމްދާ ޙަސަން،18 ކަމުގައެވެ. އެއަންހެންމީހާ ޑޮކްޓަރަށް ދައްކަން އައީ ގަދައަށް ހުންއަންނާތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަރުވިއިރު އެ މީހާގެ ބަނޑަށް 12 ހަފްތާ ވެފައިވާކަމަށްވެސް ޒީނަތު ވިދާޅުވިއެވެ.

“އެޑްމިޓް ކުރިއިރުވެސް ހުން ވަރަށްގަދަ. ޓެސްޓްތައް ހެދިއިރު އޭނާ ޑެންގީއަށް ޑައިގްނޯސް ކުރެވުނީ. ” ޒީނަތުވިދާޅުވިއެވެ.

ޑެންގީ ހުން ފެތުރެމުންދާ މިދުވަސްވަރު އެޗްޕީއޭއިންވަނީ ހެލްތު އެލާޓް ނެރެފައެވެ. އެންމެ ބާރަށް ފެތުރެމުންދާ އަތޮޅުތަކުގެތެރޭގައި ބ.އަތޮޅު ހިމެނޭއިރު މިރަށުގެ ރައްޔިތުންނަށް ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއްވެސް އެޅުމަށް ރަށުކައުންސިލުންވަނީ އިލްތިމާސް ކޮށްފައެވެ.

ކައުންސިލުން މިފަދަ އިލްތިމާސެއް ކުރިއިރު ރަށުގެ ދެކޮޅުގައިވާ ކުނިގޮނޑުތައްވަނީ އެތަކެތި ނައްތާ ނުލެވި ގިނަދުވަސްވުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުހީވެފައިކަމަށް ކައުންސިލުން ބުނެއެވެ.

މިކުނިތައް ނައްތާލުމާ ބެހޭގޮތުން ކަމާބެހޭ މިނިސްޓްރީތަކުގައި އެތަކެއްފަހަރު ދަންނަވާފައިވާނޭކަމާ އެކަމަކު އަދިވެސް ކުރިއެރުމެއް ނުލިބޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top