އެއާކޯން ކުރުމަށްފަހު ކުޑަމިސްކިތް ހުޅުވައިފި

20150626_144050.jpg

ދެލައްކަ ރުފިޔާގެ މަރާމާތަކަށްފަހު އޭދަފުށީ މަސްޖިދު ޔޫސުފް (ކުޑަ މިސްކިތް) މިއަދު އަލުން ހުޅުވައިފިއެވެ.

ރަމަޟާންމަހަށް މަރާމާތުކުރުމަށް ބަންދުކޮށް ބޮޑުމަރާމާތެއް ކުރުމަށްފަހު މިސްކިތް ހުޅުވީ މިއަދު ހުކުރު ނަމާދަށެވެ. މިސްކިތް ހުޅުވުނު އިރު މިސްކިތުގެ ސީލިންގްވަނި އަ ޑިޒައިނަކަށް ބަދަލުކޮށްފައެވެ. އަދި މިސްކިތުގެ ކުލަ އާކޮށް ފަންކާތަކާ، ލައިޓްތައްވެސް ވަނީ އާކޮށްފައެވެ. އަދި އޭދަފުށީގެ ކްލަބް ޖަމްއިއްޔާއެއްކަމުގައިވާ ބިގިނާސްގެ ފަރާތުން މުޅިމިސްކިތް އެއާކޯން ކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ސަރުކާރުން މިސްކިތުގެ މަރާމާތަށް އެއްލައްކަ ރުފިޔާ ހަރަދުކުރި ކަމަށާ، އެއާކޮންޑިޝަން ހަރުކުރުމާ، ކަރަންޓް ވެސް އަލުން ބަދަލުކުރުމަށް ޖުމްލަ އެއްލައްކައަށްވުރެ ބޮޑު ހަރަދެއް ބިގިނާސް ޖަމްއިއްޔާއިން ކުރިކަމަށް ލަފާކުރެވޭކަމުގައެވެ.

މަސްޖިދު ޔޫސުފްއަކީ އޭދަފުށީގެ ތަރައްޤީގެ ބާނީކަމަށްދެކޭ މަރުހޫމް ޔޫސުފް ކަލޭފާނުގެ ހަނދާނުގައި މީގެ ތިރީސްފަސް އަހަރުކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ.

 

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top