އެންމެގިނަކުދިންތިބީ އޭދަފުށީ ދަނާލުގައި

Eyd-arial-view.jpg

ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ ފަސް ދަނާލުގެ ތެރެއިން އެންމެ ގިނަ ކުދިން ތިބީ އޭދަފުށިގައި ހުންނަ ދަނާލުގައިކަމަށް މިނިސްޓަރްއޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙްމަދު ޝަފީއު ވިދާޅުވެއްޖެއެވެ. ޝަފީއު މިހެން ވިދާޅުވީ ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން ޝަފީއު ވިދާޅުވީ އަންނަ އަހަރުވެސް ބޮޑެތި ސްކޫލްހުރި އަތޮޅުތަކުގެ ރަށްރަށުގައި އިތުރު ދަނާލު އެޅުމަށް ނިންމާފައިވާ ކަމުގައާއި ދަނާލުތައް ބިނާކުރުމުގައި ސާނަވީއާ މަތީ ސާނަވީއަށް ކިޔަވާ ކުދިންނަށް ބޮޑަށް އަމާޒުކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ.

“އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަކީ އާބާދީގައި ސަތޭކަ ކުދިންވެސް ހަމަނުވާ ސްކޫލްތައް. އަދި ސްކޫލްގައި ކިޔަވާ ދަރިވަރުންނަށްވުރެ ޓީޗަރުން ގިނަ ސްކޫލްތައްވެސް އެބަހުރި. މިހެންވީމާ ވަސީލަތާ ޚިދުމަތްތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފުމަށްޓަކައި މަލްޓިގްރޭޑް ޓީޗިންގއަށް މުދައްރިސުން އަހުލުވެރިކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.” ޝަފީއު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top