ސޮނެވާއިން ބ. އަތޮޅު 3 ރަށެއްގައި ފަސްޓްއެއިޑް ޓްރޭނިންގް ޕްރޮގްރާމެއް

21843984_10155214936553402_114276786_o.jpg

ކުއްލި ހާލަތުގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނޭ ގޮތް ދަސްކޮށްދިނުމަށް ސޮނެވާފުށީ ރިސޯޓުން ބ. އަތޮޅުގެ 3 ރަށެއްގައި ފަސްޓްއެއިޑް އެންޑް ލައިފްގާޑް ޓްރޭނިންގް ޕްރޮޤްރާމެއް ހިންގައިފިއެވެ.

ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އޭދަފުއްޓާ، މާޅޮސް އަދި ގޮއިދޫގައެވެ. 3 ރަށުގައިވެސް ކުރިޔަށްގެންދިޔަ މިޕްރޮޤްރާމްގައި ރަށްރަށުގެ ޖަމްއިއްޔާތަކުންނާއި، އޮފީސްތައް އަދި ސްކޫލް ކުދިން ބައިވެރިކޮށްފައިވެއެވެ.

އޭދަފުށީގައި އިއްޔެ ސޮނެވާފުއްޓާ ގުޅިގެން މިޕްރޮޤްރާމް ކުރިޔަށްގެންދިޔަ ފޭލި ޖަމްއިއްޔާއިން ބުނީ މިއީ މޫދުގައި ދިމާވާ ހާދިސާތަކާ ގުޅިގެން ގެއްލުންލިބޭ މީހުންނަށް އަވަސް ފަރުވާދިނުމާއި ފުރާނަ ސަލާމަތްކުރުށް ވަގުތުން ކުރެވިދާނެ ކަންކަމަބެހޭ ފަންނީ އުކުޅުތައް ދަސްކޮށްދިނުމަށް ހިންގުނު މުހިއްމު ޕްރޮޤްރާމެއް ކަމަށެވެ.

ސޮނެވާފުށިން ބުނީ އަތޮޅުގެ 3 ރަށުން މިޕްރޮޤްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނުކަމަށާ، އެރިސޯޓްގެ އިޖްތިމާއީ ޒިންމާގެ ތެރެއިން މިފަދަ ޕްރޮޤްރާމްތައް އަތޮޅު ތެރޭގައި އަބަދުވެސް ކުރިޔަށް ދާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top