ތުޅާދުގައި ހަދާ ޕާކެއްގެ ވަށާފާރުން ބައެއް ވައްޓާލައިފި

thulaadhoo1.jpg

ތުޅާދޫގައި ހަދާ ޕާކުން ބައެއް ވައްޓާލާފައި

ބ.ތުޅާދޫގައި އެރަށު ކައުންސިލްގެ ފަރާތުން ހަދާ ކުޑަކުދިންގެ ޕާކްގެ ވަށާފާރުން ބައެއް ވައްޓާލައިފިއެވެ.

ތުޅާދޫ ކައުންސިލުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ޕާކުގެ ވަށާފާރުން 13 ވަރަކަށް މީޓަރުގެ ދިގުމިނުގެ ތަންގަނޑެއް ވައްޓާލާފައިވާ ކަމަށެވެ. އެއީ 18 އިންޗީގެ އުސް ފާރެކެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި ފާރުން ބައެއް ވައްޓާލާފައިވަނި ރޭގެ ވަގުތެއްގައިކަމަށް ލަފާ ކުރެވޭ ކަމަސާއި މިއީ ކޮން ބަޔަކު ކީއްވެގެން ކުރިކަމެއް ކަމެއްކަން އެނގިފައިނުވާ ކަމަށެވެ.

މި މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައިކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top