އޭދަފުށި ކުޅޭ ދެވަނަމެޗް މިއަދުހަވީރު ލަންދޫއާ ދެކޮޅަށް

image-0-02-06-e793a849aba6982bec4fc5e89a75f2cad8e2b88cdc2e1137eafc0dea689ffb21-V.jpg

ހަނިމާދޫ -އޭދަފުށި ބައްދަލުކުރި މެޗް

އެސްޓީއޯ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯލް ކަޕްގައި އޭދަފުށި ކުޅޭ ދެވަނަ މެޗަށް މިއަދު ނުކުންނާނީ ލަންދޫ އާ ދެކޮޅަށެވެ.  ހަވީރު 3:50ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައިވެރިވުމަށް ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު މިހާރުވަނީ ތިމަރަފުށްޓަށް ގޮސް ޓީމާ ގުޅިފައެވެ.އެހެންކަމުން މި މެޗު ވާންޖެހޭނީ ހުރިހާ ގޮތަކުން  ބެލި ކަމުގައި ވިޔަސް ކުރީ ދުވަހަށްވުރެ ވަރުގަދަ މެޗަކަށެވެ.

 

މުބާރާތުގެ މިއަދުގެ މެޗުން މޮޅުވުމުގެ އަޒުމްގައި ތިބި އޭދަފުށީގެ ޒުވާން ކުޅުންތެރިންނަށް ޓީމް ވަރުގަދަ ކޮށްލުމަށް ލިބުނު މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މެޗުން މޮޅުވުމަކީ އޭދަފުށީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

މި މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށިވަނީ ހަނިމާދޫ އާ ބައްދަލުކޮށް 4-2 ގެ ނަތީޖާއިން މޮޅުވެފައެވެ. އޭދަފުށި މިއަދު ބައްދަލުކުރާ ލަންދޫ ޓީމް ވަނީ ތިމަރަފުޢްޓަ ދެކޮޅަށް ނުކުމެ 0-1 ން ބަލިވެފައެވެ. ވުމާއެކު މިއަދުގެ މެޗުން ލަންދޫ ބަލިވެއްޖެނަމަ މި މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ގެއްލޭނެއެވެ. އޭދަފުށި ޓީމް މިއަދުގެ މެޗުން މޮޅުވެއްޖެނަމަ ސެމީ ފައިނަލަގެ ޖާގަ ކަށަވަރުވީއެވެ.

ގްރޫޕް ބީ ގައި އިއްޔެ ހަވީރު ހަނިމާދޫ ބައްދަލުކުރީ  ތިމަރަފުށްޓާއެވެ. މި މެޗު ވަނީ 0-2 ގެ ނަތީޖާއަކުން ތިމަރަފުށި ކާމިޔާބުކޮށްފައެވެ. މި ނަތީޖާ އާއެކު ތިމަރަފުށި ވަނީ ގްރޫޕް ބީ އިން ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.

ގްރޫޕް އޭ އިން ސެމީ އިން ޖާގަ ހޯދާފައިވަނީ ކުޑަހުވަދުއެވެ. އެއީ  އިއްޔެ ކުޑަހުވަދޫ އާއި ދެއްވަދޫ ބައްދަލު ކުރި މެޗް 2-4 ގެ ނަތީޖާއިން ކުދަހުވަޑު ކާމިޔާބު ކުރުމާ އެކުގައެވެ.

ގްރޫޕް ސްޓޭޖްގައި އޭދަފުށި ޓީމް ކުޅޭ ފަހު މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ވާދަކުރާނީ ގަދަފަދަ ތިމަަރަފުށްޓާއި ދެކޮޅަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top