ފެހެންދޫ މީހުން ހިޖުރަކުރާކަށް ބޭނުމެއްނުވޭ

medium_120474.jpg

އެންމެ 120 މީހުން މިހާރު ދިރިއުޅެމުން ގެންދާ ބ.ފެހެންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމުގެ ވިސްނުން މިހާރު ދޫކޮށްލައިފިކަމަށް ފެހެންދޫ ކައުންސިލުން ބުނެފިއެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކުދި ރަށްތަކުގައި ދިރިއުޅޭ މީހުން ހުޅުމާލެއަށް ހިޖުރަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވުމާއި ގުޅިގެން ފެހެންދޫ ރައްޔިތުން ވެސް ހުޅުމާލެއަށް ބަދަލުވުމުގެ ވިސްނުމެއް ގެންގުޅުނު ކަމަށާއި ނަމަވެސް މިހާރު އެވިސްނުން ދޫކޮށްލައިފިއެވެ.

ސަަބަބެއްކަމުގައި އޭނާ ވިދާޅުވީ “ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތާއި ގުޅިގެން ކުދި ރަށްތަކުގެ މީހުން ހުޅުމާލެއަށް ބަދަލު ވުމަށް ފުރުސަތު ހުޅުވާލުމުން، އެކަމުގެ މައުލޫމާތު ސާފު ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާސް އަށް ސިޓީއެއް ވެސް ފޮނުވިން. އެކަމަކު މިހާތަނަށް ވެސް އެ ސިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފައި. އެހެން އަޅުގަނޑުމެން މިހާރު މިތިބީ ހުޅުމާލެއަށް ބަދަލުވުމުގެ ވިސްނުންވެސް ދޫކޮށްލައިގެން،” މޫސާ ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަސީމް ވިދާޅުވީ ތުޅާދުގެ ބިން ހިއްކައި ނިމުމަށްފަހު  އެރަށުގައި އަޅަމުން ގެންދާ 400 ހައުސިންގޔުނިޓް ގެ ތެރެއިން ވަކި އަދަދެއް އެރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހަމަޖައްސައިދޭކަހަލަ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާތީ  ތުޅާދޫ ކައުންސިލްގެެ މެންބަރުން މިރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް 60 ހައުސިން ޔުނިޓް ފެހެންދޫ ރައްޔިތުންނަށް ދޭނެކަމުގެ ޔަގީންކަން ދެއްވިކަމުގައެވެ. ނަމަވެސް އެކަމާބެހޭ ގޮތުން ފެހެންދޫ ރައްޔިތުން ސާފުކުރަން ބޭނުންވި ބައެއްމައުލޫމާތު އަދިވެސް ލިބިފައިނުވާކަމުގައެވެ. އެހެންކަމުން އެވިސްނުންވެސް ދޫކޮށްލައިފިއެވެ.

ރަށުގެ އާބާދީ ކުޑަވެ އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމްވެފަ ނެތް ނަމަވެސް ރައްޔިތުންގެ ވިސްނުން ހުރީ މިހާރު ލިބެންހުރި ވަސީލަތްތަކާ އެކުވެސް ރަށުގައި ދިރިއުޅޭ ގޮތަށެވެ. ރައީސް ނަސީމް ވިދާޅުވީ މިރަށުގެ ރައްޔިތުން ފެށުނީއްސުރެ އުޅެމުން އައީ މިގޮތަށް ކަމަށާއި ރައްޔިތުން މިހާރު އެންމެ ބޭނުންވަނީ ރަށަށް އަރާ ފައިބާނެ ބަނދަރެއް ގާއިމް ކޮށްދިނުމަށްކަމުގައެވެ.

ފެހެންދޫގެ އާބާދީ ފެހެންދޫގެ އާބާދީ ކުޑަވެ ސްކޫލަށް ދާއުމުރުގެ ކުދިން މަދުވުމާއެކު 2008ވަނަ އަހަރު އެސްކޫލް ބަންދު ކުރެއްވީ ރަށާ އެއްފަޅުގައި އޮންނަ ގޮއިދޫ ސްކޫލަށް މިސްކޫލްގެ ދަރިވަރުންނަށް ކިޔެވޭންގޮތް ސަރުކާރުން ހަމަޖައްސައި ދިނުމަށް ފަހުއެވެ. އެހެންނަމަވެސް  އެއީ އާދައިގެ ކަމެއްގެ ގޮތުގައި އެތަށުގެ ރައްޔިތުން ދދެކޭކަމަށް ވިޔަސް އެއީ އާދައިގެ ކަމެއް ނޫނެވެ. މޫސުން ކިތަންމެ ގޯސް ވިިޔަސް ގަދަވަޔާ ވިއްސާރައިގެ ތެރޭގައި ކުޑަކުޑަ ޑިންގީއެއް ގައި ދަތުރުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

އެހެންނަމަވެސް ރައީސް ނަސީމް ވިދާޅުވީ  ކިޔަވާ ކުދިން ކުޑަ ޑިންގީއެއްގައި ކޮންމެ ދުވަހަކު ދަތުރުކޮށްފައި ގޮއިދޫ އަށް ދާންޖެހުނު ނަމަވެސް މިދަތުރުތައް ކުރުމުގައި ރަނގަޅު އިންތިޒާމުތަކެއް ހަަމަޖެހިފައިވާ ކަމަށާއި އެހެންކަމުން މިހާރު ދަރިވަރުން ސުކޫލަށް ދިއުމަށް މާބޮޑު ދައްޗެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ފެހެންދޫއާއި ގޮއިދޫއާ ދެމެދު ކިޔަވާ ކުދިން ދަތުރުކުރުމަށް ހާއްސަ ފެރީއެއްގެ ހިދުމަތް ފެށުމަށް އެޑިޔުކޭޝަން މިނިސްޓަރު އެރަށަށް ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top