މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

1477973215109.png

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. އެގޮތުން ށ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދުގެ ހެނދުނު 8:15 އިން ފެށިގެން މެންދުރު ފަހުގެ 2:15 އާހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. ވައިޓްއެލާޓް ނެރެނީ މޫސުމަށް ބަލައިގެން ދަތުރުކުރުން ރައްކާތެރިވާނެކަން އަންގައިދިނުމަށް ޓަކައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމުގައެވެ. އެހެންކަމުން މި ސަރަހައްދުގައި ދަތުރުކުރައްވާއިރު އާއި އެނޫން ކަންކަން ކުރާއިރުވެސް މޫސުމަށް ބަލައިގެން އުޅުމަށް އެއިދާރާއިން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top