ދިޕިކާގެ ކައިވެނި ނޮވެމްބަރ 10ގައި

5acc628f9d3d3.jpg

ދިޕިކާ އާއި ރަންވީރު ސިންގ

ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމުގައިވާ ރަންވީރު ސިންގ އާއި ދިޕިކާގެ ކައިވެނި އިބިލީހުގެ ކައިވެންޏަށް ވެފައި އޮއްވާ އެންމެ ފަހުން އެކަން ހަގީގަތަކަށްވެ އެދުވަސް އިއުލާނު ކޮށްފިއެވެ.

“ފިލްމް ފެއަރ” އިން މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ އެންމެ ގިނަ ދުވަސް ނެގީ ކައިވެނި ކުރާނެ ރަނގަޅު ތާރީޚެއް ކަނޑަ އެޅުމަށް ކަމަށާއި އެންމެ ފަހުން ދެފަރާތުގެ އާއިލާ އިން އެއްބަސްވެފައިވަނީ  މި ކައިވެނި އަންނަ ނޮވެމްބަރ 10 ގައި ކުރުމަށެެވެ.

ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޓަލީ ވިލާތުގައި ނުވަތަ އިންޑިއާ ގައެވެ. އެހެންނޫނީ އަނުޝްކާ އާއި ވިރާތުގެ ކައިވެނި ފަދައިން މި ދެ ގައުމުގައެވެ.

ވިރާތު އާއި އަނުޝްކާގެ ކައިވެންޏަށް ފަހު ދެން މިވަރުގެ ބޮޑު ކައިވެންޏަކަށް ބޮލީބުޑް އިންތިޒާރު ކުރަމުން އައީ މި ކައިވެންޏަށެވެ. އެކަމަކު މި ކައިވެނީގެ ކުރިން ސޯނަމް ކަޕޫރު އާއި އާންނަދު އަހޫޖާގެ ގެ ކައިވެނި ވަނީ ކޮށްފައެވެ.

ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ރަސްމިއްޔާތަށް ބޭނުންވާ ތަކެތި ގަތުމަށް ދެ އާއިލާއިން ވެސް މިހާރު އަންނަނީ އެކި ގައުމު ތަކުގެ ޝޮޕިންގ މޯލް ތަކަށާއި ގަހަނާ ވިއްކާ ފިހާރަތަކަށް ޒިޔާރަތް ކުރަމުންނެވެ.

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި މަޝްހޫރު ވެފައިވާ ރަންވީރުއާ ދިޕިކާ ރައްޓެހި ވެފައިވަނީ 2013 ގައި ދެމީހުން އެކުގައި ކުޅުނު ސަންޖޭލީލާ ބަންސާލީގެ ގަލިޔޯންކީ ރަސޭލާގެ ޝޫޓިންގ ތެރެއިންނެވެ.

އޭގެ ފަހުން ދެމީހުން އެކުގައި ޕާޓީ ތަކުންނާ އެކިއެކި އިވެންޓްތަކުން ފެނި މިހާރު ކައިވެންޏާ ހަމައަށް ދިޔަ ނަމަވެސް އަދިވެސް މީޑިއާގައި އެމީހުންނަކީ ރައްޓެހިވެގެން އުޅޭ ބައެއްކަމަށް އެއްބަހެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top