އޯލެވެލް ނިންމާ ކުދިންނަށް ހަޔާ އެޑިއުކޭޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު

449359682_791576336416777_423613371749228811_n.jpg

އޯ ލެވެލް ނިންމާފައިވާ ދަރިވަރުންނަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ވޮލަންޓިއާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިކަމަށް ޝައުގުވެރިވާ ޒުވާނުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ވޮލެންޓިއާ ކޮށް މިނިސްޓްރީގައި މަސައްކަތްކުރަން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި، ޝައުގުވެރިކަން ފާހަގަކޮށް ހުށަހަޅާ ލިޔުމާއި ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭ ގޮތަށް ސީވީ އާއި އައިޑީ ކާޑުގެ ކޮޕީގެ އިތުރުން 18 އަހަރު ފުރިފައި ނުވާނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އޯ ލެވެލް ނިންމާފައިވާ ޒުވާނުންނަށް ވޮލަންޓިއާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވަލުމުގެ މަގުސަދަކީ ކިޔަވައި ނިމިގެން ވަޒިފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ދަރިވަރުންނަށް، މަސައްކަތްުގެ ތަޖުރިބާ ފޯރުކޮސްދިނުމާއި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.

އެގޮތުން ތިން މަސް ދުވަހަށް ދޭ ފުރުސަތުގެ ތެރޭގައި ސެޓްފިކެޓެއް ވެސް ލިބޭނެ އެވެ. އަދި ތިން މަަހަށް ވުރެ އިތުރަށް މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތުވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު 3026914 އަދި 3026951 އިން ހޯދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top