ތައިލެންޑްގެ ބެންކޮކްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރވެފައިއޮއްވާ ފެނިފައިވަނީ އުމުރުން 20 އަހަރުގެ ތ. ތިމަރަފުށީ މުއާވިޔަތު މޫސާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މުއާވިޔަތު މަރުވެފައިވާ އޮއްވައި ފެނުނުކަން ފޮރިން މިނިސްޓަރީން މިހާރު ވަނީ އާއިލާ ވެސް އަންގާފައެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ރަސްމީކޮށް އެެއްވެސް އެއްޗެއް ބުނެފައެެއް ނުވެ އެވެ.
މުއާވިޔަތުގެ މަރާ ގުޅޭ އިތުރު ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.