މާއްޑޫ، ދަނޑުވެރިކަމަށް ދޫނުކުރަން ނިންމައިފި

Baa-Madhoo-eydhafushitimes-pic.jpg

އޭދަފުށީ ގެ ދެކުނުން ޖެހިފައި އޮންނަފަޅުރަށް، މާއްޑޫ

ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޭން ނިންމާފައިވާ ބ.މާއްޑޫ ބިޑަށް ހުޅުވާލައި ބިޑްތައް ބަލައިގަތުމަށްފަހު ފިޝަރީޒް މިނިސްޓްރީން މިއަދު އެނިންމުން ބާތިލް ކޮށްފިއެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، މާއްޑޫ އާއެކު ހަ ރަށެއް ކުއްޔަށް ދޫކުރަން ނިންމައި އެކަން އިއުލާނުކުރީ އޮކްޓޫބަރު އަށް ވަނަ ދުވަހު އެވެ.

ބީލަމުގެ އުސޫލުން އެ ހަ ރަށް 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމި އެވެ.

ނަމަވެސް ދަނޑުވެރިކަމަށް މާއްޑޫ ދޫނުކުރަން ނިންމާފައިވާ ކަން މިނިސްޓްރީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

މިނިސްޓްރީން ބުނީ އެ ރަށަށް ބިޑް ކުރުމަށް ބީލަންފޮތް ބައްލަވަގެންފައިވާ ފަރާތްތަކުން ބިޑިންގް ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި މިނިސްޓްރީއަށް ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަން ޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.

އޭގެއިތުރުން، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް އިތުރުކުރުން ކަމަށެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން އެ ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ.

އެ ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 ޕަސެންޓް މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެ އެވެ.

މާއްޑޫ ކުއްޔަށް ދިނުން ބާތިލް ކޮށްފައިވަނީ ބ އަތޮޅު ކައުންސިލުންނާއި ބ.އަތޮޅުގެ ގިނަބަޔަކު ފިޝަރީޒް މިނިސްޓްރީގެ އެނިންމުން އަނބުރާ ގެންދިއުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top