ފެހެންދޫ ކައުންސިލްގެ ނައިބް ރައީސަށް ޖިންސީ ގޯނާގެ ތުހުމަތު!

DSCN2172.jpg

ބ.ފެހެންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ފަޒީލް އަށް 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާ އެކު އިއްޔެއޭނާ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވާ ކަން އެރަށު ކައުންސިލުން ބައެއް މީޑއާތަކަށް ވަނީ  ޔަގީން ކޮށްދެއްވާފައެވެ.

އެރަށު ކައުންސިލުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ފެހެންދޫގައި 10 އަހަރުގެ ކުޑަ ފިިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްފައި 34 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 14:30 ހާއިރު އެވެ.

އޭނާގެ ބަންދަށް މިހާރު 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top