ސާވިސް ޗާޖުގައި މިފަހަރު ވެސް ބ.އަތޮޅުން ކުރިހޯދީ ސޮނެވާ ފުށި. މީހަކަށް 23978ރުފިޔާ

267629325.jpg

އޭދަފުށީގެ ގިނަ ޒުވާނުންތަކެއް ވަޒީފާ އަދާކުރަމުން އަންނަ ސޮނެވާފުށި ރިސޯޓުން މިދިޔަ މަހުވެސް  ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،555 ޑޮލަރު (23،978ރ.) ދީފިއެވެ.

ސޮނެވާއިން މިދިޔަ މަހުވެސް ވަނީ ސާވިސްޗާޖްގެ ގޮތުގައި ބޮލަކަށް 2663 ޑޮލަރު (41،063ރ)ދީފައެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުން މިދިޔަ ފެބްރުވަރީމަހުވެސް މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބަހާފައިވަނީ ސޮނެވާފުށިންނެވެ. މިއީ ރާއްޖޭގައި ހިންގާ ރިސޯޓު ތަކުގެ ނިސްބަތުން ބަލާއިރު ދެވަނައަށް އެންމެ ގިނައިން ސާވިސްޗާޖް ދީފައިވާ ރިސޯޓެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއްގެ ސާވިސް ޗާޖް ދީފައިވަނީ ސާވިސްޗާޖް ދިނުމުގައި އެއްވަނައިގާ އޮންނަ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 3،055 ޑޮލަރު (47،108ރ.) ދީފައިވެއެވެ.

ކޮވިޑްގެ ބަންދަށް ފަހު ރިސޯޓުތައް އަލުން ހުޅުވި ފަހުން ސޮނެވާއިން އަންނަނީ އެރިސޯޓުގެ މުވައްޒަފުންނަށް ވަރަށް ބޮޑު އަދަދަކުން ސާވިސްޗާޖް ދެމުންނެވެ.

މީގެ އިތުރުން 1،531 ޑޮލަރު (23،608ރ.) އާއެކު ތިންވަނައިގައި ފޯ ސީޒަންސްގެ ރިސޯޓުތައް އޮތް އިރު ހަތަރުވަނައަށް އެންމެ ގިނަ ސާވިސް ޗާޖު ދިނީ ވައްކަރު ރިސޯޓުންނެވެ. އެ ރިސޯޓުން މުވައްޒަފަކަށް 1،312 (20،231ރ.) ވަނީ ދީފަ އެވެ.

މިހާރު ހުޅުވާފައި ހުރި ރިސޯޓުތަކުގެ ތެރެއިން ސާވިސް ޗާޖު ހާމަ ކޮށްފައިވަނީ މަދު ރިސޯޓަކުންނެވެ. އެ ރިސޯޓުތަކުގެ ތެރެއިން ގިނައީ 1000 ޑޮލަރަށްވުރެ ދަށުން ސާވިސް ޗާޖު ދޭ ރިސޯޓުތަކެވެ.

ސާވިސް ޗާޖު ދިނުމަކީ މިހާރު ގާނޫނީ ގޮތުން ކޮންމެ ޓޫރިސްޓު ފެސިލިޓީއަކަށް ވެސް މަޖުބޫރު ކަމެކެވެ. ސާވިސް ޗާޖުގެ ގޮތުގައި އޭގެ 10 ޕަސެންޓް ބަހަން ޖެހޭނެ އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ޕޭޖުގައި ސާވިސް ޗާޖުގެ އަދަދު ހާމަކުރަނީ އެ ރިސޯޓެއްގެ މުވައްޒަފުން ދޭ މައުލޫމާތަށް ބިނާކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top