ގޮއިދޫ ބަދަލުހިފައިފި

DSC_0415.jpg

މުބާރާތުގެ ޗެމްޕިއަން ގޮއިދޫ ޓީމަށް ތަށި ހަވާލުކުރަނީ. ފޮޓޯ ؛ ސައިނޯސާ ރާއި

ބ.އަތޮޅުކައުންސިލްގެ ބަށިމުބާރާތުގެ ފައިނަލުގައި މިދިޔައަހަރު އޭދަފުށްޓާ ކުރިމަތިލައިގެން ބަލިވުމުން މިއަދު އެކަމުގެ ބަދަލު ހިފައިފިއެވެ.

މިއަދުހަވީރު އޭދަފުށީގެ ދެކުނުފަރާތުގެ ހިއްކިބިމުގައި ކުޅެވުނު މި މުބާރާތުގެ ފައިނަލުގައި އޭދަފުށި އަތުން ގޮއިދޫ މޮޅުވެފައިވަނީ 34 ލަނޑު 8 ފޯލިންނެވެ. އޭދަފުޢްޓަށް ހެދުނީ 32 ލަނޑު 6 ފޯއްޔެވެ.

ދެ ޓީމުގެވެސް ގިނައަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު މިމެޗްވަނީ ޓީވީއެމުން ވަގުތުން ދުރަށް ދައްކާފައެވެ.

މިއަދުގެ މެޗް ނިމުމާއެކު ގޮއިދޫ ޓީމަށް ވަނީ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 25000ރ. ގެ އިނާމާއި ޗެމްޕިިއަން ޓްރޮފީ ލިބިފައެވެ. އިނާމާއި ޓްރޮފީ ދެއްވީހެޑް އޮފް ނޯތް ރީޖަން، އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަސީރު އެވެ.

މުބާރާތުގެ ރަނަަރއަޕް އޭދަފުށީ ޓީމަށްލިބިފައިވަނީ 15000ރ.ގެ ފައިސާގެ އިނާމެވެ.

މި މުބާޜާތުގެ އެކި ވަނަތަކަށް އައި ކުޅުންތެރިންނާއި ޓީމްތައްވެސް މިއަދުވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން މިމުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވިފައިވަނީ ފުޅަދޫ ޓީމެވެ. މުބާރާތުގެ ބަށި ރާނީ އަދި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާއާއި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔާއަށް ހޮވިފައިވަނީ 824 ޕޮއިންޓާއެކު ގޮއިދޫ ޓީމުގެ ފާތުމަތު މިލްނާއެވެ. މިލްނާ ވަނީ 587ފޯލި މި މުބާރާތުގައި ސައި ކުރުމުގެ އިތުރުން 79ފޯލި ހިފާފައެވެ.

ގޮއިދޫ ޓީމިގެ މިލްނާ

ގޮއިދޫ ޓީމިގެ މިލްނާ

މުބާރާތުގެ މި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަކީ ތުޅާދޫގެ އާމިނަތު މޫސާއެވެ.

މިމުބާރާތުގައި ބައިވެރިވެފައިވަނީ ހަ ޓީމެވެ. އެއީ އޭދަފުށި ،ގޮއިދޫ،ފުޅަދޫ، މާޅޮސް ،ހިތާދޫ އަދި ތުޅާދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top